ބިދޭސީންނާއި ގުޅޭ މަސައްކަތް ކުރާ ހުރިހާ އިދާރާތައް މިހާރު ވަނީ ވުޒާރާއެއްގެ ދަށަށް ގެނެސްފައި: އިހުސާން

ބިދޭސީންނާއި ގުޅޭ މަސައްކަތް ކުރާ ހުރިހާ އިދާރާތައް މިހާރު ވަނީ ވުޒާރާއެއްގެ ދަށަށް ގެނެސްފައި: އިހުސާން

Author
ހުސެއިން
19 ޖެނުއަރީ 2024 11:18
0

ބިދޭސީންނާއި ގުޅޭ މަސައްކަތް ކުރާ ހުރިހާ އިދާރާތައް މިހާރު ވަނީ ވުޒާރާއެއްގެ ދަށަށް ގެނެސްފައިވާ ކަމަށާއި، ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްތައް މިހާރު ވަރަށް އިސްކަމެއް ދީގެން ފައްޓަވާފައިވާކަމަށް ދާޚިލީ ސަލާމަތާ، ފަންނާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ، މިހާރު ކުރިޔަށްދާ އެންމެ މުހިންމު މަސައްކަތަކީ އިދާރާތައް ޖަވާބުދާރީ ކުރެވޭނެ މިންވަރަށް ޚިދުމަތްތައް ރަނގަޅުކުރުންކަމަށާއި މިފަދަ ނިޒާމެއް ފަރުމާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ.

ކުރިން ވޯކްޕަރމިޓްގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީ ދަށުން. އިމިގްރޭޝަން ހިންގީ ޑިފެންސް މިނިސްޓްރީގެ ދަށުން. އަދި ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގައި. ނަމަވެސް މިހާރު މިއޮތީ ބިދޭސީންނާއި ގުޅޭ މަސައްކަތް ކުރާ ހުރިހާ އިދާރާތައް އެއް ވުޒާރާއެއްގައި.

އިޙުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ކުރިއަށް އޮތްތާނގައި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އަމިއްލައަށް އެދިގެން އަނބުރާ ޤައުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށެވެ. އަދި ޤައުމަށް އަނބުރާ ދާން ބޭނުންވާ ބިދޭސީންނަށް ލުއިގޮތްތަކެއް ހަދައިދީ، ސަރުކާރުގެ ފެސިލިޓީއެއްގައި ބޭތިއްބުމަށްފަހު އެމީހުންގެ ޑިޕޮސިޓް ފައިސާއިން އަމިއްލަ ގައުމަށް އަނބުރާ ދެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން، ޚާއްސަކޮށް ކުށަކަށް އަރައިގެންފިނަމަ ވަގުތުން ޑީޕޯޓްކުރާނަން. މިހާރުވެސް މިފަދަ އެކި ކަންކަމުގައި 60 ބިދޭސީއަކު ބޭރުކޮށްފިން. މި މީހުންގެ ތެރޭގައި ކުށްކުށަށް އަރައިގެންފައިވާ މީހުން ހިމެނޭ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އަލީ އިޙުސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.