އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް އިއުލާން ކޮށްފިއެވެ. އޭގެ ތެރޭގައި ތިން ގޭސްފުޅިއަކާއި 500 ރުފިޔާ ހިމެނެއެވެ.
ފުލުހުން ބުނެފައިވަނީ، މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމުގައެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް ސްޓޭޝަން
ޑިސެމްބަރު 23 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ވަދުފޮށި ފިހާރަ ކައިރިން ހޮވައިގެން ގެނެސްފައިވާ ވައު ރޯލެއް. އިންސިޑެންޓް ނަންބަރު 581746
ޑިސެމްބަރު 31 ވަނަ ދުވަހު އަސަރީ ހިނގުމުން ހޮވައިގެން ގެނެސްފައިވާ ތިން ގޭސްފުޅި. އިންސިޑެންޓް ނަންބަރު 584138
ޖަނަވަރީ 17 ވަނަ ދުވަހު އޯކިޑުމަގު، ބީއެމްއެލް އޭޓީއެމް ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 5846161
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނުން ތަކެއްޗާ ހަވާލުވުމަށްވެސް އެދިފައި ވެއެވެ.