އެސެސްމަންޓު ހެދުމަށްފަހު، ވިއްސާރާގައި ގެއްލުން ލިބުނު ކޮންމެ ގެއަކަށް ހަތް ލައްކަ ރުފިޔާ

އެސެސްމަންޓު ހެދުމަށްފަހު، ވިއްސާރާގައި ގެއްލުން ލިބުނު ކޮންމެ ގެއަކަށް ހަތް ލައްކަ ރުފިޔާ

މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ގަދަ ވިއްސާރައިގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ގެތަކުގެ އެސެސްމަންޓް ހެދުމަށްފަހު ކޮންމެ ގެއަކަށް އެހީގެ ގޮތުގައި 7 ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނެފަިވަނީ ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެންޑެމޭޖް އެސަސްމަންޓު ހަދަންޖެހޭ ކަމަށް ނިންމުނީ 78 ތަނެއް ކަމަށާއި، މި ތަންތަނުގެ އެސެސްމަންޓު ހެދުމަށްފަހު ދިވެހި ރެޑްކްރެސެންޓް، ވެމްކޯ، ރީޖަނަލް އެއަރޕޯޓްސް، އެމްޓީސީސީގެ އިތުރުން ޓްރޭޑް ނެޓްގެ މުވައްޒަފުން އެހީތެރިކަން ލިބިފައި ވާކަމުގައެވެ.

އެގޮތުން މިހާތަނަށް 53 ގޭބިސީއެއްގެ އެސެސްމަންޓް ނިމިފައިވާ ކަމަށާއި، މީގެ ތެރެއިން 48 ގެއަކަށް އުސޫލާ އެއްގޮތަށް އެހީ ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި 19 ތަނަކުން އެސެސްމަންޓް ހަދަން ނިންމާފައި. ނުވާއިރު 6 ތަނަކަށް އެކި ސަބަބުތަކާ ހެދި ނުވަދެވުމުގެ ސަބަބުން އެސެސްމަންޓް ހެދިފައިވާ ނުވާކަމަށްވެސް އެންޑީްއެމްއޭއިން ބުނެފައި ވެއެވެ.

އެހީދޭން ނިންމާފައިވާ ގޮތުގެ ތަފްސީލް:

  • ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗާއި، ސްޓްރަކްޗުރަލް ގެއްލުންތަކަށް 1،111،842.50 ރުފިޔާގެ ގެއްލުން ވަނީ ލިބިފަ
  • އެސެސްމަންޓް ހެދުނު ގެތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން އެހީގެ ގޮތުގައި ގެއަކަށް 711،541.70 ރުފިޔާ
  • ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗށް ޖުމްލަ ގެއްލުމުގެ %20 އަށްވާ 100،075.20
  • ސްޓްރަކްޗުރަލް ގެއްލުންތަކަށް ޖުމްލަ 611،466.5ޮ

އެންޑީއެމްއޭއިން ބުނެފައިވަނީ 2023 ޑިސެމްބަރ 31ގައި މާލެއަށް ކުރި ވިއްސާރާގައި އެހީ ދެވުނު ގެތަކުގެ ތެރެއިން 20 ގެއަކަށް މި ވިއްސާރާގައި ގެއްލުން ވެގެން އަލުން އެސެސްމަންޓް ހަދަން ޖެހުނު ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ ހުކުރު ދުވަހު ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން އެންޑީއެމްއޭއަށާއި ސިފައިންނާއި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 494 ކޯލް ލިބުނު ކަމަށާއި އަދި ފެން ވަދެގެން 227 ތަނަކަށް އެކިވަރުގެ ގެއްލުން ލިބުނުކަމަށް ރިކޯޑްކުރެވިފައިވާކަމަށެވެ.

އޭގެ ތެރެއިން 193 ތަނަކަށް އިޖާބަދެވުނު ކަމަށާއި ފެންވަންނަ މިންވަރު ކުޑަކުރުމަށް 152 ދެތަނެއްގައި 1018 ވެލިބަސްތާ ޖެހި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ވަގުތުން އެހީތެރިކަން ބޭނުންވާ 43 ގޭބީސީއެެއްގެ ރެޕިޑް އެސެސްމެންޓް ދިވެހި ރެޑްކްރެސެންތްގެ އެހިގައި ހަދާފައިވާ ކަމަށާއި 18 ގޭބީސީއެއްގެ 110 މީހުންނަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއުން ބުއިން ހަމަޖައްސާދީފައިވާކަމަށްވެސް އެ ސެންޓަރުން މައުލޫމާތުދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *