އާޒިމާގެ ކެމްޕޭންގެ ސައިކަލް ބުރެއް މިއަދު

އާޒިމާގެ ކެމްޕޭންގެ ސައިކަލް ބުރެއް މިއަދު

Author
ހުސެއިން
11 ޖެނުއަރީ 2024 01:54
0

ޕީޕީއެމް/ޕީއެންސީގެ ފަރާތުން، މާލޭ ސިޓީ ކައުންސިލްގެ ކުރިޔަށް އޮތް މޭޔަރ ބައި އިލެކްޝަންގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ސައިކަލް ބުރެ މިއަދު ހަވީރު މާލޭ ސިޓީގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އާޒިމާ ކެމްޕޭންއިން ބުނެފައިވަނީ، ސައިކަލްބުރު އޮންނާނީ މިއަދު ހަވީރު 3:45 އިން ފެށިގެން، އިއްޒުއްދީން މަގު (ހައުސިންގ މިނިސްޓްރީ ކައިރި)އިން ފެށިގެން ކަމުގައެވެ.

މި ސައިލަކް ބުރުގައި ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށާއި، އަދި ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން އަމިއްލަގޮތުން ވާދަކުރާ ފުރަހަނު ޝުއައިބުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.