ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ މައްޗަށް 4.1 މިލިއަން ރުފިޔާ އިސްލާމިކް ބޭންކަށް ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ޗިވިލް ކޯޓުން އާޒިމާގެ އައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ، އޭނާ އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާކަމަށް ކަމަށް އެ ބޭންކުން ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ.
މިމައްސަލައާއި ގުޅިގެން އާޒިމާ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އޭނާގެ ނަމުގައި މޯލްޑިވްސް އިސްލާމިކު ބޭނުން ނަގާފައިވާ ގެދޮރުވެރިކަމުގެ ލޯނުގެ މައްސަލާގައި، ލޯނު ރީ ސްޓްރަކްޗަރ ކުރުމަށް ވާހަކަ ދައްކަންފަށާ، ފައިސާ ދައްކާނޭ ގޮތުގެ ޝެޑިއުލްއެއް ބޭންކަށް ހުށަހަޅާފައި ވަނިކޮށް، ބޭންކުގެ އެދުމުގެ މަތިން އޭނާގެ މައްޗަށް ޢައިރު ހާޒިރުގައި ސިވިލްކޯޓުން ހުކުމް ކުރީ ކަމަށެވެ.
އާޒިމާގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އެކަން އިސްލާމިކް ބޭންކުން ކުރިޔަށް ގެންގޮސްފައިވަނީ ލޯނު ރީ ސްޓްރަކްޗަރ ކުރުމަށް ކޯޓަށް ލިޔުމުން އަންގާނޭކަމުގެ ޔަގީންކަން ދިނުމަށް ފަހުގައި ކަމުގައެވެ.
މިއީ އަޅުގަނޑު ކުރިމަތިލާފައިވާ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން ބޭންކިންގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ވަރުގެ މައުލޫމާތު ވަނީ ލިބިފައި.
އާޒިމާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އާޒިމާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މިމައްސަލައާއި ގުޅޭގޮތުން އިސްލާމިކް ބޭންކުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ