އާޒިމާގެ މެނިފެސްޓޯގެ އަމާޒު: މާލޭ ސިޓީއަކީ ހުރިހާ ރައްޔިތުންނަށް ވެސް ދިރިއުޅެވޭ އަމާން ތަނަކަށް ހެދުން!

އާޒިމާގެ މެނިފެސްޓޯގެ އަމާޒު: މާލޭ ސިޓީއަކީ ހުރިހާ ރައްޔިތުންނަށް ވެސް ދިރިއުޅެވޭ އަމާން ތަނަކަށް ހެދުން!

Author
ހުސެއިން
06 ޖެނުއަރީ 2024 12:01
0

މާލެއަކީ މާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ދިރިއުޅެވޭ އަމާން ތަނަކަށް ހެދުން އަމާޒަކަށް ހަދާ، މާލޭ ސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ މިރޭ ލޯންޗު ކޮށްޗިއެވެ.

އާޒިމާގެ މެނިފެސްޓޯ މިރޭ ލޯންޗު ކޮށްފައިވަނީ އެކަމަށް ޚާއްސަކޮށްގެން ދިވެހީންގެރާއްޖެ މައި ޖަގަހަ (ދޮންމަނިކު ސްކައިވިއު ތިރި) ގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ. މިރޭގެ ޖަލްސާގައި ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އާޒިމާގެ މެނިފެސްޓޯގައި މާލޭގެ މުލިސިޕަލް ޚިދުމަތްތައް އިތުރަށް ރަގަޅު ކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު، އަންހެނުންނަށް އިސްކަންދީގެ، އަންހެނުންނަށް ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށާއި އަދި އަންހެނުން ބާރުވެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އަޅުގަނޑުމެންގެ ކޮންސެޕްޓަކީ ޑައިވާސިޓީ. އަޅުގަނޑުމެންގެ ކޮންސެޕްޓަކީ ތަފާތުތަކާއެކުގައި ވެސް މާލޭގައި އެންމެންނަށް ދިރިއުޅެވެންވާނޭ.

މެނިފެސްޓޯ ހުށަހަޅުއްވައި ދެއްވަމުން އާޒިމާ ވިދާޅުވެފައި ވެއެވެ.

އާޒިމާ ވިދާޅުވީ މެނިފެސްޓޯ އެކުލަވައިލައިފައިވަނީ ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ކައުންސިލުގައި އެކުލަވައިލައިފައި އޮތް ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި، ޕީޕިއެމް ޕީއެންސީގެ ރިޔާސީ މެނިފެސްޓޯއާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައެވެ.

މިރޭ އިއުލާން ކުރެވިގެންދިޔަ އާޒިމާގެ މެނިފެސްޓޯގައި، ޒުވާނުންނާއި، ފްރީލާންސަރުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމާއި، ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމުގެ އިތުރުން، ސިވިލް ޑިފެންސްގެ އެކި ކަންކަން ތައާރަފްކުރުމާއި އިސް ރަށްވެެހިންނަށް ޚާއްސަ މަރުކަޒުތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަންކަން ފަހިކޮށްދިނުމަށް ޚާއްސަަ ސަމާލުކަމެއް ދިނުމަށް ވަނީ ހިމަނާފައެވެ.

އޭގެ އިތުރުންވެސް މާލެއަށް ކުރިމަތިވެފައިވާ ބުޅަލުގެ މައްސަލަ ހައްލު ހޯދާ ދިނުމާއި، މާލޭގައި ފެހިކަން އިތުރުކުރުމަށް ރާއްޖޭގައި ހެދޭ ހުރިހާ މާމެލާމެލީގެ ބަގީޗާއެއް ހެދުމަށްވެސް ވަނީ ޕްލޭން ކޮށްފައެވެ.

އާޒިމާގެ މެނިފެސްޓޯގައި ހިމަނާގައިވާ މައިގަޑު ބައިތައް:

  1. ހިތްހަމަޖެހިގެން ހިނިތުންވުމާއެކު
  2. ގުޅިގެން އެކުގައި ތަރައްގީކުރުމުގައި ބައިވެރިވުން
  3. ގްރޭޓާ މާލޭގެ ކަނޑުފަޅު ފަރުގެ ފުރިހަމަ ނަފާއަށް
  4. ފަޚުރުވެރި އަންހެނުން
  5. އިލްމާއި ހުނަރުގެ ވެށި
  6. 21ވަނަ ޤަރުނަށް ފައްކާ ކުރެވިފައި
  7. ދިވެހިންގެ އިޤްތިޞާދުގެ ވިންދު
  8. ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.