ވެރިމީހާ ރަގަޅުވެއްޖެނަމަ ރައްޔިތުން ރަގަޅުވާނެ، ވެރިމީހާ ހިންގުންތެރި ވެއްޖެނަމަ ގައުމު ތަރައްގީވެ ފާގަތިވާނެ: ޚުޡުބާ

ވެރިމީހާ ރަގަޅުވެއްޖެނަމަ ރައްޔިތުން ރަގަޅުވާނެ، ވެރިމީހާ ހިންގުންތެރި ވެއްޖެނަމަ ގައުމު ތަރައްގީވެ ފާގަތިވާނެ: ޚުޡުބާ

Author
ހުސެއިން
05 ޖެނުއަރީ 2024 01:19
0

ގިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭނެ އެއްބަޔަކީ އަދުލުވެރި ވެރިޔާކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށާއި އެ ހަދީސްފުޅުގައި އެންމެ ފުރަތަމަ ވެރިމީހާގެ ގިންޔތި ގެންނެވީ އެ ގިންތީގެ ފައިދާއާއި ލާބަ ބޮޑުކަމުން ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"މަޙްޝަރުދުވަހުގެ ހޫނުން ރައްކާތެރިވާށެވެ!" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޡުބާގައި ވިދާޅުވީ ވެރިމީހާ ރަގަޅުވެއްޖެނަމަ ރައްޔިތުން ރަގަޅުވާނެ ކަމަށާއި، ވެރިމީހާ ހިންގުތެރި ވެއްޖެނަމަ ގައުމު ތަރައްގީވެ ފާގަތިކަން އާންމުވާނެ ކަމުގައެވެ.

ކީރިތި ރަސޫލާގެ އަލްޚުލަފާއުއްރާޝިދޫންއަކީ، މިކަމުގައި އުއްމަތަށް ލިބިގެންވާ ހެޔޮ ނަމޫނާތަކެކެވެ. އެބޭކަލުންނަކީ އުންމަތަށްޓަކާ ގުރުބާންވެ ވަޑައިގެންނެވި ބޭކަލުންނެވެ. އެބޭކަލުން އެންމެ އިސްކަމެއް ދެއްވާފައިވަނީ، ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމް ކުރެއްވުމަށާއި، އަނިޔާވެރިކަން ނައްތައިލެއްވުމަށެވެ.

މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުޡުބާގައި ވިދާޅުވީ ޤިޔާމަތްދުވަހުގެ ގަދަ ހޫނާއި ދިލައިން ރައްކައުތެރިކޮށް ދެއްވާ މީހުންގެ ތެރޭގައި ހިމެނޭ އެއްބަޔަކީ ރީތި މުއްސަނދި، މަތިވެރި، ހަސަބާއި ނަސަބުން މޮޅޫ އަންހެނަކު ފާޙިޝްކަމަށް ދައުވަތު ދިނުމުން އަހަރުމެން މާތްﷲގެ އަޒާބަށް ބިރުވެތިވަމޭ ބުނެ އެ ދައުވަތާއި ދުރުހެލިވި މީހާކަމުގައެވެ.

މުސްލިމް އަޚުންނޭވެ! ޤިޔާމަތްދުވަހުން މާތް ﷲގެ ހިޔާވަހިކަން ލިވޭ އަނެއްބަޔަކޫ ކަންދެއްކުމެއް ނެތި، މާތްﷲގެ ވަޖުހުފުޅު އަދައިގެން، ސިއްރުން ސަދަގާތްކުރާ މީހާއެވެ.

ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޢިލްމުވެރި ވިދާޅުވާގޮތުގައި ،މިސްކީނުންނާއި ފަގީރުންނަށް އަޅާނުލާ މުޖުތަމައެއްގައި ފާޅުކޮށް ޞަދަގާތް ކުރުމަކީ މީންނަށް އެކަމަށް ހިތްވަރު ދިނުމަށްޓަކާ ކުރުން އެދެވިގެންވާ ކަމެއްކަމުގައި ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.