ވިޔަފާރިއަށް ފަސޭހަ، ޚާއްސަ ޑެބިޓް ކާޑެއް އެމްއައިބީން ތައާރަފް ކޮށްފި

ވިޔަފާރިއަށް ފަސޭހަ، ޚާއްސަ ޑެބިޓް ކާޑެއް އެމްއައިބީން ތައާރަފް ކޮށްފި

Author
ހުސެއިން
04 ޖެނުއަރީ 2024 09:27
0

އެމްއައިބީން، ވިޔަފާރިއަށް ފަސޭހަ، ސެލްފް ސާވިސް ވިސާ އިންސްޓަންޓް ޑެބިޓް ކާޑެއް ތައާރަފް ކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނިގޮތުގައި މިހާރު ކޮންމެ މީހަކަށްވެސް އޮންލައިންކޮށް ވަގުތުން އެކައުންޓް ހުޅުވާލެވޭ ފަދައިން ކާޑުވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

މިގޮތުން އެމްއައިބީގެ ކޮންމެ ބްރާންޗެއް ގަޔާއި ސޭލްސް ސެންޓަރެއްގައިވެސް ވަގުތުން ލިބެން ހުންނަ އިންސްޓެންޓް ކާޑް ކިޓުގައި އޮންނަ ކިއުއާރު ކޯޑު ސްކޭންކޮށް ލައިގެން ކާޑް އެމީހެއްގެ އެކައުންޓަށް ފަސޭހަކަމާއިއެކު ލިންކް ކޮށްލެވޭނެ ކަމަށްވެސް ބޭންކުން ބުނެފައި ވެއެވެ. އަދި މި އިންސްޓެންޓް ކާޑް ކިޓް ބޭނުންކޮއްގެން އެކައުންޓެއް ނެތް ފަރާތްތަކަށްވެސް އެކައުންޓެއް ހުޅުވައި ކާޑުގެ ޚިދުމަތް ވަގުތުން ހޯދޭނެ ކަމަށްވެސް އެމްއައިބީން ބުނެފައި ވެއެވެ.

މިގޮތަށް މި ޚިދުމަތް ފުރިހަމަވެފައި ވުމުން ކަސްޓަމަރުންނަށް ކިއުގައި ނުޖެހި އެކައުންޓް ހުޅުވުމުގެ އެންމެހައި ކަމެއް ލުއިފަސޭހަކޮށް ވަގުތުން ލިބިގެންދާނެއެވެ.

އެމްއައިބީން ބުނެފައި ވެއެވެ.

އެމްއައިބީއިން އިތުރަށް ބުނެފައިވަނީ އެބޭންކުން ދަނީ ބޭންކިންގ ޚިދުމަތްތައް ޑިޖިޓަލްކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އަވަހަށް ފޯރުކޮށްދިނިމަށް މަސަތްކަތްތަކެއް ކުރަމުން ކަމުގައެވެ. މިގޮތުން އޮންލައިންކޮށް އެކައުންޓް ހުޅުވުމަށް "އެޕްލައިނައު" ޕޯޓަލްއާއި އުޖާލާ ފައިނޭންސިންގގެ ޚިދުމަތްތަކަށް "އުޖާލާނައު" ޕޯޓަލްވެސް އެމްއައިބީންވަނީ ތަޢާރަފުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.