ކުރީގެ މިނިސްޓަރު ނަހުލާއާއި، ޑރ. މުޙައްމަދު ޢަލީގެ ތާޢީދު ރަޝްމީއަށް

ކުރީގެ މިނިސްޓަރު ނަހުލާއާއި، ޑރ. މުޙައްމަދު ޢަލީގެ ތާޢީދު ރަޝްމީއަށް

Author
އައިޝަތު އަޙްމަދު
03 ޖެނުއަރީ 2024 07:59
0

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި، އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރު މުޙައްމަދު ޢަލީގެ ތާޢީދު، މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ ފާޠިމަތު ރަޝްމީއަށް ކުރައްވާކަން ހާމަކުރައްވައިފިއެވެ.

ރަޝްމީ އެ ދާއިރާއަށް ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ.

ރަޝްމީއަށް ތާޢީދުކުރައްވާ ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ، މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި އަޑުއަހައި ހައްލު ހޯދައިދޭނެ ޤާބިލު ބޭފުޅެއްކަމަށެވެ. އަދި އަބަދުވެސް އިންސާފަށް ލޯބިކުރައްވާ އަދި އެކަމަށް މަސައްކަތްކުރައްވާ ކަނބަލެއްކަމަށްވެސް ޑރ. މުޙައްމަދު ޢަލީ ފާހަގަކުރައްވާފައިވެއެވެ.

 

ރަޝްމީއަކީ ތަޢުލީމީ ޤާބިލު އަދި ގިނަ ބައެއްގެ މެދުގައި ވަރަށް މަޤބޫލު ޑޮކްޓަރެކެވެ. އޯގާތެރިކަމާއި އަޅާލުމާއި ހައްގުތަކަށް ވާކާލާތު ކުރުމުގައި ލާމަސީލު ބޭފުޅެކެވެ.

ރަޝްމީއަކީ ސާޖަރީ ޑޮކްޓަރެއްގެ އިތުރުން، ބޮޑެތި މައްސަލަތަކަށް ޚާއްޞަ ދިރާސާތައްވެސް ހެއްދެވުމުގައި ނަމޫނާ ކަނބަލެކެވެ. އެގޮތުން ކޯވީޑް-19ގެ ބަލިމަޑުކަމަށް ހެއްދެވި ދިރާސާއަކީ އޭގެ ލާމަސީލު ނަމޫނާއެކެވެ.

ރަޝްމީގެންދަވަނީ އަންހެނުން ބާރުވެރިކޮށް ނަފްނީ ބަލިތަކަށް ޢާންމުން ހޭލުންތެރިކޮށް ޒުވާނުންނަށް ޚާއްޞަ ކުޅިވަރުގެ ޕްރޮގްރާމްތައް އަމިއްލައަށް އިސްނަންގަވައިގެން ހިންގަވަމުންނެވެ.

އެކަމަނާއަށް ވަނީ އެދާއިރާގެ ގިނަ ބައެއްގެ ލޯތްބާއި ތާޢީދުވެސް ލިބިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.