އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ގެއްލުމާއެކު އަސްލަމް އިންޑިއާ ސަފީރުގެ އަރިހަށް

އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ގެއްލުމާއެކު އަސްލަމް އިންޑިއާ ސަފީރުގެ އަރިހަށް

Author
އައިޝަތު އަޙްމަދު
28 ޑިސެމްބަރ 2023 10:45
0

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ގެއްލުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ސަފީރު ހުންނަވާ ހުޅުމާލޭ އަމީން އެވެނިއުގައެވެ. މި ބައްދަލުވުމާ ގުޅޭ ތަފްސީލެއް ނުލިބެއެވެ. މިރޭ އެމްޑީޕީގެ 13 މެންބަރުން ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެ މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލިސް ރައީސާއި އެމްޑީޕީގެ 2 މެންބަރަކު އިންޑިއާ ސަފިރާ ބައްދަލުކުރެއްވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާކަން ހާމަކުރައްވާފައެވެ.

ރައީސް ވަނީ އެ މެންބަރުންނަށްވެސް ޤައުމު އިސްކުރުމަށް ގޮވާލައްވާފައެވެ.

ކުރީ ސަރުކާރަކީ އިންޑިއާއާއި ގާތް ގުޅުމެއް ބޭއްވި ސަރުކާރެކެވެ. ރާއްޖޭގައި ހިންގާ ބިޔަ މަޝްރޫޢުތައް އެޤައުމަށް ދީފައިވެއެވެ. ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްވެސް އިންޑިއާއިން އެހީވީކަމަށް ތުހުމަތުކުރެއެވެ.

އިންޑިއާ ސަފީރާ މަޖިލިސް ރައީސް ބައްދަލުކުރައްވާފައިވާއިރު، މަޖިލިސް ރައީސް އަސްލަމަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޞަލިޙްގެ ރަނިންމޭޓެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.