ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު "ކައްވާލި" ވާހަކަ ޤާސިމް ދޮޮގުކުރައްވައިފި

ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު "ކައްވާލި" ވާހަކަ ޤާސިމް ދޮޮގުކުރައްވައިފި

Author
މުޙައްމަދު ޖިމީ
14 ޑިސެމްބަރ 2020 09:46
0

ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު އަތުލައިގަނެފައިވާކަމަށް ކުރާ ތުހުމަތު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދޮގުކުރައްވައިފިއެވެ.

ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ އިއްޔެ ވިދާޅުވެފައިވަނީ ޤާސިމް އިބްރާހީމް، ޖަޕާނު މީހެއް އިނދަ ޖައްސާލާފައިވާކަމަސާއި، 15 މިލިއަން ޑޮލަރު އޭނާގެ އަތުން "ކައްވާލާފައި" ވާކަމަށެވެ. އަދި ސަރުކާރުގެ ކޯލިޝަނެއް ކިޔައިގެން އުޅުއްވަނީ ވައްކަން ކުރައްވަންކަމަށްވެސް މުސްތަފާ ތުހުމަތުކުރައްވާފައިވެއެވެ. މުސްޠަފާ ވަނީ ޤަސިމް އިބްރާހީމަށް ތުހުމަތުކުރައްވާ ގިނަ ޓްވީޓްތަކެެއްކުރައްވާފައެވެ.

މުސްތަފާގެ މި ވާހަކަތަކާއި ގުޅިގެން ޤާސިމް އިބްރާހީމް ރައްދުދެއްވަމުން ވިދާޅުވެފައިވަނީ މުސްޠަފާ ހާމަކުރައްވާފައިވާ ވާޖަކަތަކަކީ އެއްވެސް ހަޤީގަތެއްނެތް ވާހަކަތަކެއްކަމަށާއި، މުސްޠަފާ އިތުރުފުޅު ހައްދަވަނީކަމަށެވެ. އެއީ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވަމުން ޤާސިމް ވަނީ އެފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަތްކުރުމަށް އެދި ދުޢާ ދަންނަވާފައެވެ.

ފަހަކަށް އައިސް ސަރުކާރުގެ ބައެއް އިސް ވެރިންނަށާއި، އެނޫންވެސް ބައެއް ބޭފުޅުންނަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ވާހަކަތައް މުސްޠަފާ ދަނީ ހާމަކުރައްވަމުންނެވެ. ނަމަވެސް އެފަދަ ތުހުމަތުތައް އެބޭފުޅުން ދޮގުކުރައްވާއިރު، މުސްޠަފާ ކޮރަޕްޝަންގެ ތުހުމަތުކުރައްވާ ބޭފުޅުންގެ ތެރޭގައި ބައެއް ވަޒީރުން ހިނިވަޑައިގަންނަވައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.