އެއަރޕޯޓުގައި މީހުން ގިނަވެ ތޮއްޖެހޭތީ ފުރުމުގެ 3 ގަޑިއިރު ކުރިން ދާން އެދިއްޖެ

އެއަރޕޯޓުގައި މީހުން ގިނަވެ ތޮއްޖެހޭތީ ފުރުމުގެ 3 ގަޑިއިރު ކުރިން ދާން އެދިއްޖެ

Author
އައިޝަތު އަޙްމަދު
21 ޑިސެމްބަރ 2023 07:07
0

ސްކޫލް ބަންދާއި، ޓޫރިސްޓު ސީޒަންތެރެއާއި ދިމާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މީހުން ގިނަވާނެތީ، ފުރުމުގެ ތިން ގަޑި އިރުކުރިން އެއަރޕޯޓަށް ދިއުމަށް އެދިއްޖެއެވެ.

އެމްއޭސީއެލުން ބުނީ މިދުވަސްވަރަކީ އެއާރޕޯޓު ޑިޕާޗާރއަށް ބާރުބޮޑު ދުވަސްވަރެއް ކަމުން ކިއުގައި ގިނަވަގުތު މަޑުކުރަން ޖެހުމާއި ފުރުމުގައި ލަސްކަމެއް ދިމާވަމުންދާކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ފުރާ މީހުން، ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލުން ވަނީ އެދިފައެވެ.

މީގެ އިތުރުން އެތެރޭގެ ދަތުރުތައް ކުރާ މީހުން ފުރުމުގެ ދެ ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށްވެސް އެމްއޭސީއެލުން އެދެއެވެ. އަދި އެއަރޕޯޓުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެއަރޕޯޓުގެ ސްޓާފުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

މިދުވަސްވަރު ޢުމްރާއަށްވެސް ގިނަ ބަޔަކު ދާތީވެސް އިތުރަށް ބާރުބޮޑުވެއެވެ.

ކޮންމެ އަހަރެއްގައިވެސް ޓޫރިސްޓު ސީޒަނާ ދިމާކޮށް އެއަރޕޯޓު ބާރު ބޮޑުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.