ޕީޖީ އޮފީހުގެ ތަރުޖަމާނުކަން ކުރައްވާ، އަދި ދައުލަތުގެ ފަރާތުން ގިނަ މައްސަލަތަކުގައި އިސް ވަކީލުކަން ކުރައްވާ އަދި ކުރީގެ ޕްރެސެންޓް އަހުމަދު ޝަފީއުގެ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފިއެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ބަލަމުން އަންނަނީ ޝަފީއުކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބެލެވޭ ވީޑިއޯއެއް ސީޝަލް މީޑިއާގައި ދާއުރުވާން ފެށުމުން އެކަން ފުލުހުންގެ ސަ،މާލުކަމަށް އައިސްގެންނެވެ.
ޝަފީއުއަކީ ދައުލަތުގެ ފަރާތުން ކޯޓުގައި އިސް ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރަމުން އަންނަ ފަރާތެވެ. އޭވާނީ ރައީސް ޔާމިންގެ ޝަރީއަތްތަކުގައި ވަކާލާތުކޮށް ގިނަ ބައެއްގެ ސަމާލުކަންވެސް ހޯދާފައެވެ.
ކުރިންވެސް ޝަފީއުގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރެވިގެން ގޮސްފައިވާއިރު، އޭނާކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވީޑިއޯ ލީކުވުމުންވެސް ޕީޖީ އޮފީހުން އޭނާއަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ