69 ބަނގުރާ ފުޅިއާ އެކު ހުޅުމާލެ އިން މީހަކު ހައްޔަރުކޮށްފި

69 ބަނގުރާ ފުޅިއާ އެކު ހުޅުމާލެ އިން މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
12 ޑިސެމްބަރ 2023 04:59
0

ހުޅުމާލެ އިން 69 ބަނގުރާ ފުޅިއާ އެކު ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މަސައްކަތް ކުރާ ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ އުމުރުން 31 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި، އޭނާ ދުއްވި ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު 69 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.