ގްރޭޑް 10،11،12 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް، ޚުޡުބާ ކިއުމުގެ ފުރުސަ ދެނީ

ގްރޭޑް 10،11،12 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް، ޚުޡުބާ ކިއުމުގެ ފުރުސަ ދެނީ

Author
ހުސެއިން
10 ޑިސެމްބަރ 2023 11:17
0

ގްރޭޑް 10،11،12 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް، ޚުޡުބާ ކިއުމުގެ ފުރުސަތު ދިނުމަށް އިސްލާމިން މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިން މިނިސްޓަރ ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން މިނިސްޓްރީން ނިންމާފައިވާ ކަމުގައެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ މިގޮތަށް ނިންމާފައިވަނީ ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންކަމުގައެވެ.

ޑރ. ޝަހީމް މީގެ ކުރިން ވަނީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލްކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުންވެސް، ޒަކާތު ފަންޑު އިތުރަށް ތަރައްގީ ކުރައްވާ، ޒަކާތު ހައުސްއެއް އުފެއްދެވުމުގެ އިތުރުން ދީނީ މައުލޫމާތު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިދާޔަތުގެ އަލި މަޖައްލާ އަލުން ނެރުވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އޭގެ އިތުރުންވެސް ފަތުވާ ކައުންސިލާއި ގުރުއާނާބެހޭ މަރުކަރު އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ އިތުރުން ގުރުއާނުގެ ދިރާސާ ޝާއިއުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށްވެސް ޝަހީމް ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

G Ghufraan މދޖދހ
A imamGood I when I finish school I want to be