މާލޭގެ ވެހިކަލް ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަނީ

މާލޭގެ ވެހިކަލް ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަނީ

Author
ހުސެއިން
09 ޑިސެމްބަރ 2023 07:48
0

މާލާގެ ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، ބޭރުގެ ތަޖުރިބާކާރުންވެސް ހިމެނޭހެން ޚާއްސަ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އޮންލައިން ހޫނެއްކަމަށްވާ ސަންއަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވެފައިވަނީ، މާލޭގައި އެކްސިޑެންޓްތައް ގިނަވުމާއި އަދި އޭގެ އިތުރުންވެސް ކުރިމަތިވާ ގިނަ މައްސަލަތައް އެންމެ ބޮޑަށް ގުޅިފައި އޮތީ މާލެއަށް އާދަޔާ ޚިލާފަށް ގިނައިން އެއްގަމު އުޅަދު އެތެރެކުރުމާއިކަމަށް ފުލުހުން ވިދާޅުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ މާލޭގެ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަމާޒު ކޮށްގެން ކުރިޔަށް އޮތް 10 ދުވަހުގެ ތެރޭ ޓްރާންސްޕޯޓް މިނިސްޓްރީއާއި، ސިފައިންނާއި ފުލުހުންނާއި، ކަސްޓަމްސް ހިމެނޭހެން ކޮމިޓީއެއް އެކުލަވައިލާނެ ކަމަށެވެ.

އަދި ކޮމިޓީގެ މަޝްވަރާގެ މަތިން، ހާލަތު ދެނެގަނެ، ވަގުތުން ވަގުތަށް ހައްލު ކުރެވެންހުރި މައްސަލަތައް ހައްލުކޮށް، އެކަންކަން ތަންފީޒު ކުރައްވާނެކަމަށްވެސް އަމީން ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ މިނިސްޓްރީގެ އަމާޒަކީ ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުން ކަމަށާއި، މާލޭގެ ސަރަހައްދުގެ ޓްރެފިކްގެ ހާލަތު އޮތް ގޮތުގެ ވަރަށްރަގަޅު އޮޑިޓެއް ހަދަންވެސް ޖެހޭ ކަމުގައެވެ. އެކަމަށްޓަކާ ޔޫއެންޑީޕީގެ އިތުރުން ބައެއް ގައުމުތަކުން އެހީތެރިކަން ހޯއްދަވައިގެން މިހާރު މަސައްކަތް ފަށައިފައިވާ ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވެފައި ވެއެވެ.

އެގޮތުން މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރެވޭވަރުގެ ތަޖުރިބާހުރި ޓީމެއް ރާއްޖެއިން ބޭރުން ގެނެސްގެން އެޓީމުން ދޭ ރިކަމަންޑޭޝަންތަކާއެކު މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހައްމަދު
ތީޔައީ ބޭރުގެ އެހީ ހޯދަންޖެހޭ ކަމެއްބާ؟ މައްސަލަޔަކީ މައްސަލަ އެގިތިބެ ހައްލުކުރަން ނުއުޅޭތީ. * އެތެރެކުރާވަރު މަދުކުރަންވީ. * ގިނަދުވަސްވީ އުޅަދުގެ ސްޕެއަރ އެތެރެނުކުރަންވީ. * ދިގުމުއްދަތުން އުޅަދު ގަންވޭގޮތް ހުއްޓުވަންވީ. * ކުއްޔަށް ބޭނުން ވައްތަރެއްގެ އުޅަދު ނަގައިގެން ދުއްވޭގޮތް ހަދަންވީ.