ކުރިއަށް ހުރި އިންތިހާބުތަކުގައި އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީއާއި އަދާލަތުން މަޝްވަރާ ކޮށްފި

ކުރިއަށް ހުރި އިންތިހާބުތަކުގައި އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީއާއި އަދާލަތުން މަޝްވަރާ ކޮށްފި

ކުރިއަށް ހުރި އިންތިހާބުތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާ ކޮށްފިކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައިވަކަމުގައެވެ.

އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއާއެކު އެޕަޓީންވަނީ މަސައްކަތް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކުރީގެމިނިސްޓަރުސޭކުއިމުރާނަކީމުނާފިގުއްގެޖައްގަލީކޭންޕަކުއްކިޔަވާވިދާޅުބޭކަލެއްއެބޭފުޅާގެ
    ބަހާއިއަމަލުތަކުއްއެކައްވަރައްސާފުވާނެހަމައެހެއްމެރައިޝޯސޯލކވުއަކީވެސްހަތްދުފަހަނައެޅކވެރިއެ‘ސަބަބަކީވެރކަމުގެއެއްމެފަހުވަގުތުދިވެހިދައުލަތުގެހަޒާނާއިއްވަށްކައްކުރިދެވަގުދޫކޮއްލާފަ
    އަދިއެވަރުއްނުފުދިގެއްސަރުކާރުގެކުއްފުނިތައްބަގުރޫޓުކޮއްލާފައަދިއެކުއްފުނިތަކުއްލިބޭއާމުދަނކއަށްނުބަލާ)ރިއާސީއިއްތިހާބުކާމިއާބުކުރުމައްޓަކާތަނެއްދޮރެއްބަލާނުލާމީހުއްނައްވަޒީފާދީއަދިއެވަރަކުއްފުއްދާލީކީނޫންކާރީގައުޅުނުއެތައްސަތޭކަބަޔަކައްފުލެޓުތަކާއި.ވިއަފާރިކުރުމައްޓަކާއެތަކެއް
    ޕުރުޖެޓުތަކެއްހޯދަވާދެއްވާރޮޒޭނާމެއްކަލަގާތައްކަހާމީހުއްގެފިރިއްނައްރިސޯޓުތައްދީމިހުރިހާނުބައެއްހަދާފަ).ޗޯރުއިމިހެދިގޮތަކީ).މިހާރުވިކައްކުރަމުއްދާމުއިއްޒުއާދޭތެރޭފިތުނަފަސާދައުފެދުއް

Leave a Reply

Your email address will not be published. Required fields are marked *