އިސްރާއީލުން ޣައްޒާގެ ހަނގުރާމަ މެދުކަނޑާލާފައި އޮތް މުއްދަތު އިތުރުކުރަން ނިންމައިފި

އިސްރާއީލުން ޣައްޒާގެ ހަނގުރާމަ މެދުކަނޑާލާފައި އޮތް މުއްދަތު އިތުރުކުރަން ނިންމައިފި

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުރާސްފަތި ދުވަހު ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ މުއްދަތު އިތުރުކޮށްފައިވާކަން އިއުލާނުކޮށްފިއެވެ. އެކްސްގައި އިސްރާއީލުގެ ދިފާއީ ބާރުތަކުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރަހީނު ނެގި މީހުން ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މެދުވެރިން ކުރަމުންދާ މަސައްކަތުގެ އަލީގައި އަދި އެއްބަސްވުމުގެ ޝަރުތުތަކާ އެއްގޮތަށް އެއްބަސްވުން ކުރިއަށް ގެންދާނެ ކަމަށެވެ.

ފަލަސްތީނުގެ ގިނަ ގައިދީންތަކެއްގެ ބަދަލުގައި ޣައްޒާއިން ރަހީނުކުރި އެންމެ ފަހު ގްރޫޕް ރޭގަނޑު ދޫކޮށްލުމާއެކު ހަ ދުވަހުގެ ހަނގުރާމަ ހުއްޓާލަން ނިންމި ނިންމުން މިއަދު ހެނދުނު ނިމުމަކަށް އަންނަގޮތަށް ކުރިން ވަނީ ހަމަޖެހިފައެވެ.

އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ބޯޑަރު ހުރަސްކޮށް އިޒްރޭލަށް ވަދެ 1200 މީހުން މަރާލިއިރު އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށެވެ. އަދި ގާތްގަނޑަކަށް 240 އެއްހާ މީހުން ވަގަށް ނެގުމާ ގުޅިގެން ފެށި ހަނގުރާމަތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އިސްރާއީލުން ޣައްޒާގައި ކުރިއަށް ގެންދާ ވައިގެ އަދި އެއްގަމު ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 15،000 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް ހަމާސްގެ އޮފިޝަލުން ބުނެފައި ވެއެވެ. ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ފަލަސްތީނުގެ 210 ގައިދީންގެ ބަދަލުގައި އިސްރާއީލުގެ 70 މީހަކު ވަނީ ދޫކޮށްލާފައެވެ.

އެއްބަސްވުމުގެ ޝަރުތުތަކުގެ ބޭރުން ގާތްގަނޑަކަށް 30 އެއްހާ ބިދޭސީން މިނިވަންކޮށްފައިވާއިރު އޭގެ ތެރޭގައި ގިނައީ އިޒްރޭލުގައި ދިރިއުޅޭ ތައިލެންޑް މީހުންނެވެ. އިޒްރޭލުން ވަނީ ހަނގުރާމަ ވަގުތީގޮތުން ހުއްޓުމަކަށް ގެނެސްފައިވަނީ ރަހީނުކުރި މީހުން މިނިވަން ކުރުމުގެ މަގްސަދުގައި ކަމުގައެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ޣައްޒާގެ ރައްޔިތުން ތިބީ އިންސާނީ ކާރިސާއެއްގެ ތެރޭގައި ކަމަށް ވިދާޅުވެ، "އިންސާނީ އެހޯ ފޯރުކޮށްދިނުމަށް ހަގީގީ މާނާގައި ހަނގުރާމަ ހުއްޓާލުމަށް" ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *