އާސަންދަ ކުންފުނީގެ އެމްޑީއަކަށް ޒީނިޔާ

އާސަންދަ ކުންފުނީގެ އެމްޑީއަކަށް ޒީނިޔާ

Author
ހުސެއިން
28 ނޮވެމްބަރ 2023 05:47
0

ދައުލަތުން ހެލްތު އިންޝޫރަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި ކަމުގައިވާ އާސަންދަ ކުންފުނީގެ އެމްޑީއަކަށް އެކުންފުނީގައި އެންމެ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ އައިމިނަތު ޒީނިއާ ހަމަޖައްސައިފި އެވެ. އޭނާއަކީ އެކުންފުންޏަށް އެންމެ ފުރަތަމަ ނެގި މުވައްޒަފެވެ.

ޒީނިޔާ އެންމެ ފުރަތަމަ އާސަންދައާ ގުޅިވަޑައިގަތީ، އެކުންފުނި އެލައިޑްގެ ދަަށުން ހިނގަމުން ދަނިކޮށް، 2012 ވަނަ އަހަރު މެޑިކަލް ޑައިރެކްޓަރުގެ މަގާމަށެވެ. އާސަންދަ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ.

ޒީނިޔާވަނީ މެޑިކަލް ޑައިރެކްޓަރުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމާއި ޖެނެރަލް މެނޭޖަރުކަން ވެސް ފުރުއްވި އެވެ. އޭނާ ވަނީ ނާސިން އާއި ޕަބްލިކް ހެލްތު ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިފަ އެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އިސްމާއިލް އައްޒާމު ވަޖީހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.