ޒުވާން ހުނަރުވެރި ދެ ތަރިން ލީޑުން ފެނގެންދާ ފިލްމް "މިސްޓަ އެންޑް މިސިޒް މާހީ" ބެލުންތެރިންނަށް ގެނެސްދޭ ތާރީހު އިއުލާންކޮށްފި އެވެ.
ބަތަލާ ޖާންވީ ކަޕޫރު އާއި އެކު ދެވަނަަ ފަހަރަށް ސްކަރީން އިން ހުންރުވެރި އެކްޓަރު ރާޖްކުމާރު ރާއޯ ފެނިގެންދާ މި ފިލްމް އަޅުވާ ދުވަސް އިއުލާން ކުރީ ފިލްމް ގެެނެސްދޭ ދަރްމާ ޕްރޮޑަކްޝަން އިންނެވެ.
ދަރްމާ އަކީ ނުފޫޒު ގަދަ ޑައިރެކްޓަރު/ ޕްރޮޑިއުސަރު ކަރަން ޖޯހަރު ގެ ޕްރޮޑަކްޝަން ހައުސްއެވެ. ދަރްމާއިން އަންނަނީ ގިނަ އަދަދެއްގެ ފިލްމް ތަށް ނެރެމުންނެވެ. ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރީ އަންނަ އަހަރުގެ އެޕްރީލް 19 އަށެވެ.
ކްރިކެޓް ކުޅޭ ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ޝަރަން ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދޭ އެއްޗެކެވެ. އޭނަ އަކީ 2020 ގައި ގެނެސްދިން ޖާންވީގެ "ގުންޖަން ސަކްސޭނާ؛ ދަ ކަރްގިލް ގާލް" ގެ ވެސް ޑައިރެކްޓަރެވެ.
މީ ޖާންވީ އާއި އެކުގައި ރާޖް ކުޅޭ ދެވަނަ ފިލްމްއެވެ. މި ދެ ތަރިން އެކީގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބިފައި ނުވާ 2021 ގެ ކޮމެޑީ ހޮރޯ "ރޫހީ" އެވެ.
ކޮމެންޓު ފޮނުވާ