"އާޝިގީ3″ ގެ ބަތަލާ އަކީ ތާރާއެއްވެސް ނޫން

"އާޝިގީ3″ ގެ ބަތަލާ އަކީ ތާރާއެއްވެސް ނޫން

Author
ފާތިމަތު ނާވީ
15 ނޮވެމްބަރ 2023 03:55
0

ކާތިކް އާރިޔާން ލީޑުން ފެނިގެންދާ އަސަރުގަދަ ލޯބީގެ ފިލްމް "އާޝިގީ 3″ ގެ ބަތަލާ އަކީ ތާރާ ސުތާރިއާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ފިލްމުގެ ޕްރޮޑިއިސަރުންގެ ތެރޭގައި ހިމެނޭ ވިޝޭޝް ފިލްމްސްގެ މުކޭޝް ބަޓް ދޮގުކޮށްފި އެވެ.

މި ފިލްްމް ގެ ލީޑުން ކާތިކް ފެނިގެންދާ ކަމަށް އިއުލާން ކުރި ނަމަވެސް ބަތަލާ އެއް އަދިވެސް އޮތީ އިއުލާން ނުކޮށެވެ. އެއާއި އެކުގައި މީޑިއާއިން އަންނަނީ މި ފިލްމްގެ ރޯލު ކުޅޭނެ ކަމަށް ބުނެ އެކި ތަރިންގެ ނަން ފެންމަތި ކުރަމުނެވެ.

 

View this post on Instagram

 

A post shared by TARA💫 (@tarasutaria)

އެގޮތުން އެންމެ ފަހުން މި ފިލްމް އިން ފެނިގެންދާނީ ތާރާ ކަމަށް ބުނެ ދެކެވޭ ވަހަކަތަކަށް ރަސްމީކޮން މިވަނީ ޖަވާބު ލިބިފައިއެވެ. މިއާއި އެކުގަިއ ފިލްމް އިން ފެނިގެންދާނީ ކޮން ބަތަލާއެއްތޯ ބެލުމަށް މީޑިއާއިން މިހާރު ވަނީ ސުވާލު އުފައްދައިފައިއެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ މިހާތަނަށް ފިލްމަށް ބަތަލާ އަކު ހޯދަން އެއްވެސް މަސައްކަތް ވެސް ނުކުރާ ކަމަށެވެ. އެހެންވެ "އާޝިގީ 3″ ތާރާ ނެގި ވާހަކައިގެ އެއްވެސް އަސްލެއް ނެތް ކަމަށް ބުންޏެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

 

"އާޝިގީ 3″ އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މީގެ ޑައިރެކްޓަރަކީ "ބަރްފީ" އާއި "މާޑާ" ފަދަ ކާމިިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގް ބާސޫ އެވެ. އޭނަ މިހާރު އަންނަނީ 2007 ގެ ފިލްމު "ލައިފް އިން އަ…މެޓްރޯ" ގެ ސީކްއެލް "މެޓްރޯ އިންދި ނޯ" ގެ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.