އިންތިޚާބީ ރައީސް ޑރ. މުއިއްޒު މާދަމާރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

އިންތިޚާބީ ރައީސް ޑރ. މުއިއްޒު މާދަމާރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2023 09:13
0

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާރޭ ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މިއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ހުވާ ކުރެއްވުމުގެ ކުރިން އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. މާދަމާރޭ ނޫސްވެރިންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ 20:30 ގައި ޒުވާނުންގެ މަރުކަޒުގައެވެ. މި ބައްދަލުވުމުގައި އިންތިޚާބީ ރައީސް ނޫސްވެރިންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒަކީ ނޫސްވެރިންނާއި ވަރަށް ގާތް ގުޅުން ބާއްވާ ނޫސްވެރިންނާއި ގާތް ބޭފުޅެކެވެ. އިންތިޚާބުގެ ކެމްޕޭން ތެރޭގައިވެސް އެމަނިކުފާނު ވަނީ ވަކި މީޑިއާއެއް ތަފާތު ކުރުމެއް ނެތި އިންޓަރވިއު ދެއްވުމާއި، މައުލޫމާތު ފޯރުކޮށް ދެއްވުމުގައި ޚާއްސަ އިސްކަމެއް ދެއްވާފައެވެ.

ނޫސްވެރިންނަކީ ބާރުވެރި، އަދި މިނިވަންކަމާއިއެކު ޚަބަރާއި މައުލޫމާތު ފެތުރުމަށް ޖާގަލިބޭނެ ބަޔަކަށް ހެދުމަށް ވެރިކަމާއި ހަވާލުވެ ވަޑައިގެން މުހިންމު ފިޔަވަޅު ތަކެއް އެޅުވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. އެގޮތުން ބަޖެޓުންތަކަށް ފައިސާ ލިބޭނެ ގޮތްތަކެއް ހަމަޖައްސަވައި ނޫސްތަކަށް އޮތް މާލީ ދަތިކަމަށްހައްލު ހޯއްދަވައި ދެއްވުމަކީ ޑރ. މުއިއްޒުގެ ވައުދެކެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 17:00 ގައެވެ. އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖާނޭ
ކޮންފޮންނެއްކަނޑަމްބާ ތިޔައުލެނީ