ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރާނަން: އިންޑިއާ ރައީސް

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރާނަން: އިންޑިއާ ރައީސް

Author
އަހުމަދު
12 ނޮވެމްބަރ 2023 01:05
0

ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އިންޑިއާގެ ޑްރޮޕަދީ މުރުމޫ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް، އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ދިވެހި ސަރުކާރަށާއި ރާއްޖޭގެ ރައްޔިތުންނަށް ވަނީ ތަހުނިޔާ ފޮނުއްވައިފައެވެ.

އިންޑިއާ ރައީސްގެ ވާހަކަފުޅުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި މި ގުޅުން ބަދަހިވެފައި ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވާ ޒަމާނުއްސުރެ ވަރުގަދަ ތާރީހީ އަދި ސަގާފީ ގުޅުމާއި ދެ ގައުމުގެ ޑިމޮކްރަސީގެ ތެރެއިން އިގްތިސާދީ އަދި ވިޔަފާރީގެ ގޮތުން އުފެދިފައިވާ ގުޅުމުގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ.

އިންޑިއާގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި މި ސަރަހައްދަށް އުޖާލާ މުސްތަގްބަލެއް ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހި ޖުމްހޫރިއްޔާގެ ރައްޔިތުންނަށް ސުލްހަމަސްލަސްކަމާއި ކުރިއެރުމާއި ފާގަތިކަން އެދި ދަންނަވަމެވެ،" އިންޑިއާގެ ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.