ބޮލީވުޑްގެ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރު ގެ ދޮށީ ދަރިފުޅު ޝަނާޔާ ކަޕޫރު ރާއްޖޭގައި މިހާރު އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ. އޭނާ ރާއްޖެ އައީ މީގެ ދެތިން ދުވަހެއް ކުރިން ކަމަށް ވެއެވެ.
އުމުރުން 22 އަހަރުގެ ޝަނާޔާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފުށިފަރު މޯލްޑިވްސްގަ އެވެ. މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރެވެ. މި އަހަރުގެ މާޗް މަހުގައިވެސް އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ.
ޝަނާޔާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަންމުން ދިއަ ހަބަރާއި އެކުގައި މީޑިއާއިން އަވަަސްވެގަތީ އޭނާ ރައްޖޭއައީ ކާކާ އެކުގައިތޯ ބެލުމަށެވެ. އެގޮތުން މީޑިއާއިން ހާމަ ކުރި ގޮތުގައި މި ދަތުރުގައި ޝަނާޔާ ރާއްޖޭ އައިސްފައިވަނީ އޭނާ ގެ ލޯބިވެރިއާ އާއި އެކުގައި ކަމަށްވެސް މީޑިއާއިން ވަނީ ބުނެފައިއެވެ.
މީޑީއާއިން ބުނާ ގޮތުގައި ޝަނާޔާ ގެ ލޯބިވެރިއަކީ ކަރަން ކޮތާރިއާ އެވެ. ނަމަވެސް އެމީހުން އެކުގައި ނަގައިފައިވާ ފޮޓޯއެއް މިހާތަނަށް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރި ނަމަވެސް ވަކި ވަކި ފޮޓޯ ތަކުން އެމީހުން ތިބީ އެކުގައިކަމަށް އަޅާ ކިއުމުން އެނގިފައިވާ ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ.
ޝަނާޔާ ޗުއްޓީ އަށް ރާއްޖެ އައި އިރު، އޭނަ ގެންދަނީ އިންޑިއާގެ މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލްގެ ފިލްމު "ރުޝާބާ" ގެ މަސައްކަތް ވެސް ކުރަމުންނެވެ. މީ އޭނާ ބޮލީވުޑްގެ ފުރަތަމަ މަސައްކަތެވެ.
ކޮމެންޓު ފޮނުވާ