މަޖިލިހުގެ ރައީސާއި ނާއިބު ރައީސަށް ލިބިގެންވަނީ ޚާއްސަ ބާރުތަކެއް: ހަސަން

މަޖިލިހުގެ ރައީސާއި ނާއިބު ރައީސަށް ލިބިގެންވަނީ ޚާއްސަ ބާރުތަކެއް: ހަސަން

Author
ހުސެއިން
07 ނޮވެމްބަރ 2023 01:01
0

ރައްޔިތުންގެ މަޖިލިހުގެ ރައިސްއާއި ނާއިބު ރައީސްއަށް ލިބިގެންވަނީ ޚާއްސަ ބާރުތަކެއް ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަދާ ކުރެވޭނެ ޒިންމާތަކެއް ނޫންކަމުގައި، ސުޕްރިމް ކޯޓުގައި މިހާރު ކުރިޔަށްދާ ދުސްތޫރީ މައްސަލާގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ވަކާލާތު ކުރައްވަމުން ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން އަދި ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ސުޕްރިމް ކޯޓުގައި މިހާރު ކުރިޔަށްދާ ދުސްތޫރީ މައްސަލާގައި މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ލިބިގެންވާ ހުރިހާ ބާރުތަކެއް ރައީސް ނެތް ހާލަތުގައި މަޖިލިހުގެ ނާއިބު ރައީސަށް ލިބިގެންވާ ކަމުގައެވެ. އެހެންނަނަމަވެސް، އެ ބާރުތައް ރައްޔިތުންގެ މަޖިލިހުގެ ކޮންމެ ކޮންމެ މެމްރަކަށް ލިބިގެން ނުވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ޚާއްސަ އިޖުރާއަތުތަކެއް ކަމުގައެވެ.

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ ރައްޔިތުންގެ މަޖިލީހަކީ ވަކި ބާރެއް، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ތެރޭގަ ހިނގާ ކަމެއްގައި ހައްސާސްކަން ބޮޑުވެގެން އެބަ ދޭ އެބާރުގެ އެހެން މެމްބަރަކު މެދުވެރިކޮށް އެކަން ކުރުމަށް. އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ މަސައްކަތް ކުރާ ތަނެއް، އެތަނުގަ ހިނގަމުން އެ ދަނީ ހަމަ ހުސް ސިޔާސީ މަސައްކަތް. އެހެންވީމަ އޭގެ ތެރޭގަ ހިނގާފާނެ ހަމަ ކޮންމެ ފަދަ މަސައްކަތަކަށްވެސް އެތަނުގެ ގަވާއިދުގެ ތެރެއިން ކަންކަން ކުރާނެ ގޮތް އެ އޮންނަނީ އެ ތަނުގެ ގަވާއިދުގެ ތެރޭގައި.

ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު މިކަން ފާހަގަ ކުރެއްވީ، ޑިމޮކްރެޓަސް ޕާޓީގެ ފަރާތުން ވަކާލާތު ކުރެއްވި ގާނޫނީ ވަކީލު ޝާއިރުގެ ވާހަކައަށް ރައްދު ދެމުން، ފަނޑިޔާރު ހުސްނުއްސޫދު ފާހަގަކުރެއްވި ނުކުރާއަކަށް ރިއާޔަތް ކުރައްވަމުންނެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ، މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓުގައި ނާއިބު ރައީސް ރިޔާސަތު ބަލަަހައްޓަން ޖެހޭކަމަށް މަޖިލިހުގެ ގަވާއިދުގައި ލިޔެފައި އޮންނަނީ މަސްލަހަތުގެ ފުށުއަރާނެތީ ކަމަށާއި، އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރުމަށް ވަކި ބޭފުޅަކު މަޖިލިހުގެ ރިޔާސަތުގައި އިންނަންޖެހޭކަމަށް މަޖިލިހުގެ ގަވާއިދުގައި ލިޔެފައި ނޯންނަ ކަމަށެވެ.

މިމައަސަލައާއި ގުޅޭގޮތުން ސުޕްރިމް ކޯޓުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސް ޕާޓީ ތަމްސީލު ކުރަމުންދާ ގާނޫނީ ވަކީ ޝާއިރު ވިދާޅުވީ ސުޕްރިމް ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތުގެ އިޖުރާއަތުތައް ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ހުށަހެޅީ އެ އިޖުރާއަތުތަކާ ޚިލާފަށް ކަމުގައެވެ.

އޭނާ އިތުރަށް ވިދާލުވެފައިވަނީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލިހުގައި ހިނގާކަމެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކާ މައްސަލައެއް ކޯޓަށް ހުށަނޭޅޭނެކަން ގާނޫނު އަސާސީގެ 88 ވަނަ މާއްދާއިން އެގެން އޮންނަ ކަމަށާއި، އެހެންކަމަނުން ކޯޓުގައި މިހާރު ކުރިޔަށްދާ މައްސަލައަކީ އެމައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރިމް ކޯޓަށް ލިބިގެން ނުވާ މައްސަލައެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒަވިޔަނި
ރައްޔެތުންގެ މަޖިލީހުގެ ރައީސާ ނައިބުރައީސައް ހާސަވީވީނުން ދެވެރިން ގޮނޑީގަ ބަގުޑި ބައްދަނީ ޗާލޭ ހާދަޗާލޭ ރީއްޗޭ ހާދަރީއްޗޭ .