ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ އުފަންދުވަސް ރާއްޖޭގައި ފާހަގަ ކުރަމުން އެބަދެއެވެ.
އޭނާ އުފަންދުވަސް ފާހަގަ ކުރަމުން އަންނަނީ ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓުގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ ރައްޓެހިންނާއި އެކުގައިއެވެ. ބައެއް ނޫސްތަކުން ބުނާގޮތުގައި އޭނާ ރާއްޖެ އައިސްފައި ވަނީ ލޯބިވެރިއާ އަދިއްތިޔާ ރޯއީ ކަޕޫރު އާއި އެކުގައިއެވެ.
އޭނާ އަށް 25 އަހަރު ފުރުން ފާހަގަކުރަން މިއަދު އެ ރިސޯޓުގައި އެކި ކަންކަން ކުރި އެވެ. އެންމެ ހާއްސަކޮން ފާހަގަ ކުރެވެނީ ބޮޑުބެރުގެ ހަރަކާތްތަކެއެވެ. އަނަންނިޔާ އާއި އޭނާގެ ރަހުމަތެރިން ރާއްޖެ އައިސްފައިވަނީ މީގެ ދެދުވަހެއް ކުރިންނެވެ.
އޭނާ އަންނަނީ ރާއްޖޭގައ ކުރަމުން އަންނަ މަޖާ ތަކުގެ ފޮޓޯތަށް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އަނަންޔާ އަކީ ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު އެކަކެވެ.
އޭނާގެ ފިލްމަކަށް އެންމެ ފަހުން ނުކުތީ މިދިޔަ އޮގަސްޓް މަހު ގެނެސްދިން "ޑްރީމް ގާލް 2″ އެވެ.
ކޮމެންޓު ފޮނުވާ