ހުޅުމާލޭގެ އެންމެހާ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް، ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ބަދަލުކުަރއްވާނެކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރުމަށް ސެންޓްރަލް ޕާކްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ހުޅުމާލޭގައި ރައްޔިތުންނަށް ދުވަހުން ދުވަހަށް ދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް، އެމަނިކުފާނު ކެމްޕެއިންގައި ވެވަޑައިގެންނެވި ވަޢުދުފުޅަިއ އެއްގޮތަށް ސިޓީ ކައުންސިލްގެ ދަށް ބަދަލުކުރައްވާނެކަަމަށެވެ. ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް މިހާރު ދެނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާބަންކޯއިންނެވެ.
މުއިއްޒު ވިދާޅުވީ އެކުންފުނީގެ ދަށުގައި ހުރި މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުަރއްވާނީ ވެރިކަމުގެ އެންމެ ކުރީކޮޅު 100 ދުވަހުގެ ތެރޭގައިކަމަށެވެ. އެގޮތުން ފޭސް 1 އަދި ފޭސް 2ގެ މުނިސިޕަލް ޚިދުމަތްތް ބަދަލުކުރާނީ ޤާނޫނުގައި ބަޔާންކުރާ ހުރިހާކަމަކާއެކުކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ ހުޅުމާލޭގެ މަގުތަށް ސާފުކޮށް ބެލެހެއްޓުމާއި، ފަޅުތައް ބެލެހެއްޓުމާއި އެނޫންވެސް ހުރިހާ ކަމެއް ސިޓީކައުންސިލުން ފޯރުކޮށްދެއްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ހުރިހާ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރައްވާނީ ހުރިހާ ވަސީލަތްތަކާއެކުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭރުން ރައްޔިތުން އެދޭގޮތަށް މާލޭގައި ޚިދުމަތްދޭ ގޮތަށް ބަދަލުވާނެ، ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ. އެގޮތަށް ހަމަޖްއްސާނީ ހުރިހާ ވަސީލަތަކާއެކު.
– އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ހުޅުމާޅެއަކީ މާލޭގެ ބައެއްކަމަށް ޤާނޫނުގައިވެއެވެ. ވިލިމާލެއަކީވެސް ވަކިން އޮތް މާލޭގެ އަވަށެއްކަމަށްވާއިރު، އެރަށުގެ ހުރިހާ މުނިސިޕަލް ޚިދުމަތްތައް ދެމުްނދަނީ މާލެ ސިޓީ ކައުންސިލުންނެވެ.
ކޮމެންޓު ފޮނުވާ