ރެޔާއި ދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލަތައް ދެމުން ގެންދާއިރު ބައިނަލްއަޤްވާމީ މުޖުތަމަޢު ކޮބައިތޯ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސުވާލުކުރައްވައިފިއެވެ.
މިމަހުގެ 7އިން ފެށިގެން ޖައްބާރު އިސްރާޢީލުން ޣައްޒާއަށް ދަނީ ހަމަލާތައް ދެމުންނެވެ. މެދުކެނޑުމެއްނެތި ދެމުންދާ އެ ހަމަލާތަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުށްވެރި ކުރިނަމަވެސް، ހަމަލާތައް ހުއްޓުވުމަށް މާބޮޑު ކަމެއް ކުރެވިފައެއްނުވެއެވެ.
ކުރީގެ ރައީސް މައުމޫން ވިދާޅުވީ، ރެޔާއި ދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލަތައް ދެމުން ގެންދާކަމަށެވެ. ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުން ދާކަމަށް ވިދާލުވިއެވެ.
– ރައީސް މައުމޫން ކުރެއްވި ޓްވީޓްގައިވެއެވެ.
އިސްރާއީލުގެ ހަމަލާތަކުގަިއ މިހާތަނަށް 6 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި އިސްރާއީލުން އުދުވާނީ ހަމަލާ ދެމުންދާ، ފަލަސްތީނުގެ ޣައްޒާއިން އިންޓަރނެޓާއި ކަންރަންޓުގެ ޚިދުމަތް މެދުކަނޑާލާ، މުޅި ސިޓީ ވަނީ މިހާރު ކަނު އަނދިރީގައެވެ. އަދި އިސްރާއީލުން ވަނީ ގާޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އެއްގަމުން މަގުންވެސް އެ ސިޓީއަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިކަމަށް ބުނެފައެވެ.
ގާޒާގައި ހަރަކާތްތެރިވަމުންދާ އެހީދޭ ޖަމިއްޔާތަކާއި މީޑިއާތަކުން ބުނަމުންދަނީ ގާޒާގައި ހަރަކާތްތެރިވަމުންދާ އެތަންތަނުގެ މުވައްޒަފުންނާއި މިހާރު މުޅިންހެން ކަހަލަ ގޮތަކަށް ގުޅުން ކެނޑިފައިވާ ކަމުގައެވެ.
އިންސާނީ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުން ބުނަމުންދަނީ ގާޒާގައި ފަލަސްތީނުގެ 1 މިލިއަން ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުން މިހާރު ދިރިއުޅެމުންދަނީ އިންސާނުން ދިރިއުޅުމަށް އެކަށީގެންނުވާ ހާލަތުގައި ކަމަށެވެ.