މިރޭ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކެތަ ނަމާދު ކުރަން އަންގައިފި

މިރޭ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކެތަ ނަމާދު ކުރަން އަންގައިފި

Author
ހުސެއިން
28 އޮކްޓޯބަރ 2023 06:33
0

މިރޭ ހަނދު ކޭތަ ހިފާތީ، ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތެއްގައިވެސް ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

މިރޭ ހަނދު ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން 11:01 ގަ އެވެ. މިނިސްޓްރީން ބުނެފައިވަނީ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 1:14 ގައި ކަމުގައެވެ. ހަނދު ކޭތަ ވީއްލާނެ ކަމަށް ބެލެވެނީ މެންދަމުން އަލިވެ 3:26 ގައެވެ.

އިސްލާމިކް މިނިސްޓްރީން ކައުންސިލަތަކަށް އަންގާފައިވަނީ ކޮންމެ ރަށެގގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށެވެ. ކޭތަ ނަމާދު ކުރަން އަންގާފައިވާ ގަޑިއަކީ މިރޭގެ 1:15 އެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.