މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް 3500 އަށްވުރެ ގިނަ ދައުވަތު

މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް 3500 އަށްވުރެ ގިނަ ދައުވަތު

Author
ހުސެއިން
26 އޮކްޓޯބަރ 2023 09:18
0

އިންތިޚާބީ ރައީސް ޑރ. މުއިއްޒުއާއި އިންތިޚާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާކުރުމުގެ ރަސްމިއްޔާތަށް 3،500 އަށްވުރެ ގިނަ މީހުންނަށް ދައުވަތު ފޮނުވުމަށް ހަމެޖެހިފައިވާކަން ރައްޔިތުންގެ މަޖިލިހުން ހާމަކޮށްފިއެވެ.

މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރައްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައެވެ.

އިންތިޚާބީ ރައީސްއާއި އިންތިޚާބީ ނާއިބު ރައީސް ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅޭގޮތުން ބައެއް މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރައްވަމުން ޑައިރެކްޓަރު އޮފް މީޑިއާ ހަސަން ޒިޔާއު ވިދާޅުވެފައިވަނީ، އެ ރަސްމިޔާތަށް 3،500 ވަރަކަށް ފަރާތްތަކަށް ދައުވަތު އެރުވުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

އޭގެ ތެރޭގައި ގައުމުތަކުގެ ވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން މީގެ ކުރިން ބުނެފައިވަނީ ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އަވައްޓެރި ހުރިހާ ގައުމެއްގެ ވެރިންނަށް ދައުވަތު ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުތުވަތު ފޮނުވުމަށް އިންތިގާލީ އޮފީހުން އެދިފައިވާ ކަމުގައެވެ. އެހެންނަމަވެސް މޯދީއަށް ދައުވަތު ފޮނުވިކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.