އެސްޓީއޯއަށް ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިނުކުރަން އެދިއްޖެ

އެސްޓީއޯއަށް ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިނުކުރަން އެދިއްޖެ

ގުޅުންހުރި

އެސްޓީއޯއަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކުގައި އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އެސްޓީއޯއަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތުން މިއީ ދިވެހިންގެ އަސާސީ ހިދުމަތަކާ ގުޅޭ މުހިންމު ހައްސާސް ކަމެއް ކަމަށް ވާތީވެ މި މަރުހަލާގައި މިކަހަލަ މަސައްކަތެއް ބާރަށް ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ ކަންބޮޑުވުން އޮތް ކަމެއް ކަން ފާހަގަކުރައްވާ." ފިރުޒުލް ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ އެކިއެކި ބޭހާއި އެއާ ގުޅޭ އެހެނިހެން ސަޕްލައިތައް ފޯރުކޮށްދިނުމަށް ވާ ޚާއްސަ އެއްބަސްވުމެއްގެ ތެރެއިން އެސްޓީއޯ އާއި ޓަމިލްނާޑޫގެ ކުންފުންޏަކާ ދެމެދު ދެމެދު ވާން ހަމަޖެހިފައިވާ އެއްބަސްވުމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ބޭހާއި ބޭހާ ގުޅޭ ސަޕްލައިސް ފޯރުކޮށްދިނުމަށް ހާއްސަ އެއްބަސްވުމެއްގައި އިންޑިއާގެ ކުންފުންޏަކާ އެކީ ސޮއިކުރަން އުޅޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެކަން ކުރިއަށް ނުގެންދަން އިންތިހާބީ ރައީސް އެދިވަޑައިގެންފައިވާއިރު ރާއްޖޭގެ ސިއްޚީ ހާލަތު ދަށްވެ ހޮސްޕިޓަލްތަކުގެ ފެންވަރު ދަށްކަމަށް ފިރުޒުލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ ފަހު ހަ މަހަށް ބޭނުންވާ ސިއްހީ އާލާތްތަކަށް އޯޑަރު ކޮށްފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމަކަށް އަންނަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *