އިންތިޚާބީ ރައީސް މާދަމާ ހިޔާ ސަހަރަށް ވަޑައިގަންނަވަނީ

އިންތިޚާބީ ރައީސް މާދަމާ ހިޔާ ސަހަރަށް ވަޑައިގަންނަވަނީ

Author
އައިޝަތު އަޙްމަދު
19 އޮކްޓޯބަރ 2023 10:12
0

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މާދަމާ، ހުޅުމާލޭ ހިޔާ ސަރަަހަށްދަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މި ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ހަވީރު 03:45ގައި ފޭސް ދެއްގެ ބަސްސްޓޮޕް 1 ނަންބަރު ބަސް ސްޓޮޕްގައެވެ.

އިންތިޚާބީ ރައީސްއާއި ބައްދަލުކުރުމަށް ވީހާވެސް ގިނަބަޔަކު ދިއުމަށް ވަނީ ދަޢުވަތު ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒަށް އެންމެ ބޮޑު ތާޢީދެއް މާލެއިން ލިބިވަޑައިގަތީވެސް ހިޔާ ސަރަހައްދުންނެވެ. ކެމްޕެއިން ދުވަސްވަރުވެސް އެސަރަހައްދަށް ވަޑައިގެން މުޢިއްޒު ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

ހިޔާ ފްލެޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ބޯހިޔާ ވަހިކަން ކަށަވަރު ކޮށް ދިނުމަށް އަޅާދިން ފްލެޓްތަކެކެވެ. މިފްލެޓްތައް އިމާރާތް ކުރުމުގައި އެންމެ އިސްކޮށް ކުރީހެ ސަރުކާރުގައި ހަރަކާތްތެރިވީ ޑރ. މުއިއްޒުއެވެ. ހިޔާ ސަރަހައްދުން މުއިއްޒުއާއިސަލާން ކުރަން ތިބި މީހުންނާއި ސަލާން ކުރުމަށް 1 ގަޑިއިރަށް ވުރެ ގިނަ ވަގުތު ވަނީ ހޭދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.