ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ކުންފުނި، ޔޮޓު ޓުއާސްއިން އަމިއްލަ ކުންފުންޏަކަށް ބައި މިލިއަނެއްހާ ރުފިޔާ ދައްކަން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޔޮޓް ޓުއާސް އިން ލީޖަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެކު 2020 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ހޯދާފައިވާ ހިދުމަތްތަކަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދައްކާފައި ނުވާތީ ލީޖަން އިން ކުރި ދައުވާއަކާ ގުޅިގެން ކޮށްފައިވާ ޙުކުމެކެވެ.
މި ދައުވާއާއި ގުޅޭ ލިޔެކިޔުންތައް މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ޔޮޓު ޓުއާސްއާއި ހަވާލުކޮށްފައި ވީނަމަވެސް، އެކުންފުނީގެ ފަރާތުން ދަޢުވާއަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ. މިއާއެކު ޔޮޓު ޓުއަސްގެ މައްޗަށް ހުކުމްކޮށްފައިވަނީ ޣައިރު ޙާޒިރުގައެވެ. ޙުކުމް ކުރެއްވީ ޤާޟީ ޢަބްދުލްމަތީނެވެ.
ކޯޓުން އިއްޔެ ކޮށްފައިވާ ޙުކުމުގައި ވަނީ، ހުކުމްގައި ވަނީ ލީޖަން ހޯލްޑިންގްސް މެދުވެރިކޮށް ޔޮޓް ޓުއާސްއިން ހޯދި ޚިދުމަތްތަކަށް ދައްކަންޖެހި ނުދައްކާ އޮތް 425،058 ރުފިޔާ ދެއްްކުމަށް ހުކުމްކުރާކަމަށެވެ. މި ހުކުމުގައިވާގޮތުން އަންނަ ނިވެމްބަރު 15ގެ ކުރިން ޔިޓު ޓުއަސްއިން މި ފައިސާ ދައްކަން ޖެހެއެވެ.
ކޮމެންޓު ފޮނުވާ