އެމްޑީޕީ ދޫކޮށް ފުޅަދޫ ކައުންސިލް ރައީސް ޕީއެންސީއާއި ގުޅިއްޖެ

އެމްޑީޕީ ދޫކޮށް ފުޅަދޫ ކައުންސިލް ރައީސް ޕީއެންސީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2023 02:32
0

ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު އެމްޑީޕީ ދޫކޮށް، ޕީއެންސީއާ މިއަދު ގުޅިއްޖެއެވެ.

މީގެ ކުރިން އެމްޑީޕީގައި ހުންނެވި އަޒުހަރު މިއަދު ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އެ ފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މުއިއްޒާ ބައްދަލުކުރެއްވުމަށް އަޒުހަރު ވިދާޅުވީ، ޕީއެންސީއަށް ސޮއިކުރަން ނިންމީ އާ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރެވި، ދާއިރާއާއި ފުޅަދޫގެ ރައްޔިތުންގެ ކުރިމަގަށްޓަކައި ކަމަށެވެ. އަދި، އުފެދޭ ސަރުކާރުގައި އެ ދާއިރާއާއި ރަށަށް މާ ބޮޑަށް ކުރިއެރުން ލިބިގެންދާނެ ކަމާ މެދު ޝައްކު ނުކުރައްވައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒުހަރު ވިދާޅުވީ، ޕީއެންސީއާ އެކު ދާއިރާއާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ، މުއިއްޒުގެ ސަރުކާރުގައި މާ ގިނަ، މާ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު 30ގައި އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު މިހާރު ގެންދަވަނީ އިންތިގާލީ މަރުހަލާގެ ކަންކަން ކުރައްވަމުންނެވެ. އެގޮތުން، ސަރުކާރު އެކުލަވައިލުމާއި އަދި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އިންތިޚާބީ ރައީސް ހުވާ ކުރެއްވުން އޮންނާނީ ނޮވެމްބަރު 17ވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.