ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް އެކްޓަަރު އާމިރު ހާން ގެ ދޮށީ އަންހެން ދަރިފުޅު އިރާ ހާން އަންނަ އަހަރު ޖެނުއަރީގައި ކައިވެނިކުރަން ނިންމައިފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ އީރާއާއި ނުޕުރްގެ ކައިވެނި އަންނަ ޖެނުއަރީ މަހުގެ 03 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވާ ކަމަށާއި ކައިވެނީގެ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމަށެވެ.
އާމިރު ބުނީ ދަރިފުޅު ކައިވެނިކުރާތީ ވަރަށް އުފަލުން ހުރި ކަމަށާއި އެކަމަކު އެ ދުވަހަކީ ބައްޕައެއްގެ ހައިސިއްޔަތުން ވަރަށް ޖަޒުބާތީކޮށްލާނެ ދުވަހެއް ކަމަށެވެ. އެ ދުވަހަކީ ކަރުނައިގެ ދުވަހަކަށް ވެދާނެ ކަމަށް 58 އަހަރުގެ އެކްޓަރު ބުންޏެވެ.
ގިނަ ދުވަސްތަކެއް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އީރާއާއި ނުޕުރް އެންގޭޖުވީ މިދިޔަ ނޮވެމްބަރު މަހު އޮތް ކުލަގަދަ ހަފްލާއެއްގަ އެވެ. ފިޓްނެސް ޓްރެއިނަރެއް ކަމަށްވާ ނުޕޫރް ޝިކާރޭ ކައިވެންޏަށް ތައްޔާރުވަމުން އަންނަ އިރު، ވާންއުޅޭ ދަނބިދަރިއާ ބެހޭ ގޮތުން އާމިރު ބުނީ ނުޕޫރާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އިރާ އާއި އޭނަގެ ގުޅުން ވެސް ވަރަށް ބަދަހި ކަމަށެވެ.
އީރާއަކީ އާމިރުއާއި އޭނާގެ ކުރީގެ އަންހެނުން ރީނާ ދައްތާގެ ހަމައެކަނި އަންހެން ދަރިފުޅެވެ. އެ ދެމީހުންނަށް އިތުރު ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ ޖުނައިދު ޚާން އެވެ.
ކޮމެންޓު ފޮނުވާ