މަރުގެ އިންޒާރު ދޭތީ ޝާހުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

މަރުގެ އިންޒާރު ދޭތީ ޝާހުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

Author
ފާތިމަތު ނާވީ
13 އޮކްޓޯބަރ 2023 09:00
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން އަށް މަރުގެ އިންޒާރު ދޭ މައްސަލަތައް އިތުރުވުމުން ދާތީ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

57 އަހަރުގެ އެކްޓަރަށް މަރުގެ އިންޒާރު ލިބެން ފެށީ މި އަހަރު ރިލީޒްކުރި އޭނަގެ ދެ ފިލްމު ކަމަށްވާ "ޖަވާން" އާއި "ޕަތާން" ގެ ބޮޑު ކާމިޔާބީ އަށް ފަހު ކަމަށް އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އިން ބުނެއެވެ.

އެގޮތުން އެ ދެ ފިލްމު ރިލީޒްވި ފަހުން މަރުގެ އިންޒާރުތައް ފޯނު ކޯލުތަކުން ލިބެމުންދާ ކަމަށް ބުނެ އެ މައްސަލަ މަހާރަޝްތުރާގެ ސްޓޭޓް ސަރުކާރުގެ ސަމާލުކަމަށް ލިޔުމަކުން ޝާހްރުކް ގެނެސްފައިވާ ކަމަށް ބުންޏެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

 

ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ ސަރުކާރުން ވަނީ ޝާހު އަށް "ވައި ޕްލްސް ޕްރޮޓެކްޝަން" ދީފަ އެވެ. އެއީ އިންޑިއާ ސަރުކާރުން ދޭ އެންމެ މަތީ ސެކިއުރިޓީގެ ހަތަރު ވަނަ ލެވަލްގެ ސެކިއުރިޓީ އެވެ. މި ބަދަލާ އެކު އޭނާގެ ސެކިއުރިޓީގައި 11 އޮފިސަރަކު ތިބޭނެ އެވެ.

އެއީ ހަތަރު ފުލުހުންނާއި ހަ ކޮމާންޑަރުން އަދި ޓްރެފިކް ކްލިއަރެންސް އޮފިސަރެކެވެ. މީގެ އިތުރުން މުމްބާއީގައި ހުންނަ ޝާހްރުކްގެ ގެ، މަންނަތުގެ ކައިރީ ފުލުހުން 24 ގަޑިއިރު ފޯރި މަރާނެ އެވެ.

ބޮލީވުޑްގައި އެންމެ ނުފޫޒުގަދަ ތަރިންގެ ގެ ތެރޭގައި ހިމެނޭ ޝާހު އާއި ސަލްމާން ހާން އަދި އާމިރު ހާން އަށް ވެސް ދާދިފަހުން ވަނީ މިފަދަ ތަފާތު މަރުގެ އިންޒާރުތަށް ދީފައިއެވެ. އެއާއި އެކު އެތަރިންގެ ސެކިއުރިޓީ ވެސް ވަރަށް ބޮޑުތަނުން ވަނީ ވަރުގަދަ ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.