އޮމާނަށް ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނަކަމަށް އިއުލާންކުރިނަމަވެސް، އެތެރެ ނުވެވުނު މައްސަލައެއް

އޮމާނަށް ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނަކަމަށް އިއުލާންކުރިނަމަވެސް، އެތެރެ ނުވެވުނު މައްސަލައެއް

Author
އައިޝަތު އަޙްމަދު
10 އޮކްޓޯބަރ 2023 01:09
0

ދުރާލާ ވިސާ ނެގުމަކާނުލައި ދިވެހިންނަށް ދަތުރުކުރެވޭނެކަމަށް ސަރުކާރުން އިއުލާންކޮށްފައިވާ އޮމާނަށް ދިޔަ ދިވެއްސަކަށް އެޤައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހިއްޖެއެވެ.

ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ދުރާލާ ވިސާ ނަގަން ނުޖެހޭނެކަމަށް ފޮރިން މިނިސްޓްރީން އިއުލާންކުރީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އެގޮތުން ދެ ހަފްތާގެ މުއްދަތަށް އެޤައުމަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެކަމަށް ސަރުކާރުން އޭރު އިއުލާންކޮށްފައިވެއެވެ.

އެހެންނަމަވެސް އާއިލާއާއެކު އޮމާނަށް ދަތުރުކުރު މީހަކަށް އެޤައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އޮމަނަށް އެތެރެ ނުވެވި 12 ގަޑިއިރު އެއަރޕޯޓުގައި މަޑުކުރަން ޖެހުނުކަމަށްވެސް އެނާ ބުންޏެވެ. އޭނަ ވަނީ އެޤައުމަށް ދަތުރުކުރީ ހޮތެލަށް ބުކިން ހައްދާ ފައިސާ ދައްކައިގެންކަމަށްވެސް ބުނެފައެވެ. ނަމަވެސް އެޤައުމަށް އެތެރެ ނުވެވުމުން ރާއްޖެ އަންނަންޖެހުނީ އަގުބޮޑުކޮށް ޓިކެޓު ނަގައިގެންކަމަށްވެސް ބުންޏެވެ.

އޮމާނަށް ވިސާއާ ނުލާ ދަތުރުކުރެވޭނެކަން މާރިޗު މަހު އިއުލާންކޮށް ފޮރިން މިނިސްޓްރީން އޭރު ބުނެފައިވަނީ، ކުރިން ވިސާއެއް ނެގުމަކާނުލައި އޮމާނަށް ދަތުރުކުރެއްވުމަށްޓަކައި ދުރާލައި ހައްދާފައިވާ ހޮޓަލް ބުކިން އަކާއި ހެލްތު އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓު އޮންނަންވާނެކަމަށާއި އަދި ޕާސްޕޯޓުގެ މުއްދަތު މަދުވެގެން 6 މަސްދުވަސް އޮންނަންވާނެކަމަށެވެ.

އޮމާނުން ދިވެހިންނަށް ވިސާ މައާފު ކޮށްދިނުން، ދިވެހި ސަރުކާރުން ދެކެނީ ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި އޮމާނުން ދިވެހިރާއްޖެއަށް ދޭ ޚާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައިކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.