ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ވޯޑިއޯއާއިއެކު ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ މި މީހާއަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައްހަނޫން ޑޮލަރު ބޭނުުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށް ފުލުހުން ބުނެއެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.
މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުުލުނުން ވަނީ ޝުކުރު ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ