ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ފައިނަލް ލިސްޓް މިމަހުގެ ނިޔަަލަށް ޢާންމުކުރާނެކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފިއެވެ.
އެކޮމިޓިން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފްލެޓް ކޮމިޓީގެ މެންބަރު ޠާޙާ މުޙައްމަދު ވިދާޅުވީ، ހިޔާ 7000 ފްލެޓް ލިބޭ ކެޓަގަރީތަކުގެ ތެރެއިން 6 ކެޓަގަރީއެއްގެ ވަގުތީ ލިސްޓް މިހާތަނަށް ޢާންމުކޮށްފައިވާކަމަށާއި، ޢާންމު ނުކުރާ ހަމައެކަނި ލިސްޓަކީ ސިވިލް ސާރވިސް ކެޓަގަރީކަމަށެވެ. އެ ލިސްޓްވެސް އަންނަ ހަފްތާގައި އާންމުކުރާނެކަމަށާއި، ވަގުތީ ލިސްޓަށް ހުށައެޅި ޝަކުވާތަކަށް ބެލުމަށްފަހު ފައިނަލް ލިސްޓް މިމަހުގެ ނިޔަލަށް ޢާންމުކުރެވޭނެކަމަށްވެސް ޠާހާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚައްޞަ ފްލެޓްތައް ނުދޭން ނުަވަތަ ފްލެޓްތަކަށް ބަދަލު ގެނެސްފައިވާކަމަށް ދެކެވޭ ވާހަކަތައް ޠާހާ ވަނީ ދޮގުކޮށްފައެވެ. އަދި ފްލެޓްތަކުގެ ޢަދަދަށްވެސް ބަދަލު ނުގެންނަަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑު ޢާންމުކުރައްވާފައިވާ ކެޓެގަރީތަކަކީ:
H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީ
H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީ
H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ) ކެޓަގަރީ
H7 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީ
H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ހާއްސަ) ކެޓަގަރީ
މިދިޔަ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް ކުރިމަތިލި ކެޓަގަރީގެ ވަގުތީ ލިސްޓު ނެރުމާ އެކު ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.
ކޮމެންޓު ފޮނުވާ