އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތ.ގުރައިދޫއަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރޭ ވަގުތު ޓީވީން ގެނެސްދިން ޚާއްޞަ އިންޓަރވިއުއެއްގައި އިންތިޚާބީ ރައީސް ވިދާޅުވީ، އެމަނިކުފާނު ކެމްޕެއިންގައި ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ވީހާވެސް އަވަހަށް ވަޑައިގަތުމަށް އެދެމުން ދިޔަކަމަށެވެ. އެހެންކަމުން ޕާޓީގެ ލީޑާރޝިޕާއި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރަށަށް ވަޑައިަގަތުމަށްކަމަށާއި، އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ތ.ގުރައިދޫއަށްކަމަށެވެ.
މިދިޔަ މަހުގެ 30ގައި ބޭއްވބި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތ.ގުރައިދޫގައި ބެހެއްޓި ދެ ވޯޓު ފޮށިންވެސް ވަނީ ވަރަށް މަތީ އިންސައްތައެއް ލިބިވަޑައިގެންފައެވެ. އެގޮތުން އެއްފޮށއިން 75.6 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއިރު ދެވަނަ ވޯޓު ފޮށިން 72.4 އިންސައްތަ ލިބިވަޑައިގެންނެވިއެވެ.
ގުރައިދޫއަކީ އަވބަދުވެސް ޕީޕީއެމަށް ވަރަށް ބޮޑު ތާޢީދެއް އޮންނަ ރަށެކެވެ.
ގުރައީދޫ އަށް ކޮން އިރަކުންތޯ ދާނީ؟ ވީހާ ވެސް އަވަހަކަށް. އަޅުގަނޑުމެން މަސައްކަތް ފަށައިގަނެ ބައެއް ކަންކަން ސަރުކާރުގެ ތެރޭގައި ވެސް ހަމަޖައްސަން ހުންނާނެ. އެހެން ނަމަވެސް ވަރަށް އަވަހަށް، މާގިނަ ދުވަހެއް ނުވާނެ..
– ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ޑރ.މުހައްމަދު މުޢިއްޒު ކާމިޔާޞުކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މައްޗަށް 54 އިންސައްތަ ކުރި ހޯއްދަވައިގެންނެވެ.
ކޮމެންޓު ފޮނުވާ