ޑރ. މުއިއްޒަކީ އެންމެން ގޮވައިގެން ސުލްހަވެރި މާހައުލެއް ޤާއިމް ކުރައްވާނެ ބޭފުޅެއް: ޑރ. ޝަހީމް

ޑރ. މުއިއްޒަކީ އެންމެން ގޮވައިގެން ސުލްހަވެރި މާހައުލެއް ޤާއިމް ކުރައްވާނެ ބޭފުޅެއް: ޑރ. ޝަހީމް

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2023 08:42
0

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އެންމެން ގޮވައިގެން ރާއްޖޭގެ ސުލްހަވެރިކަމާއި އަމާންކަން ޤާސިމް ކޮށްދެއްވާނެ ޤާބިލް ބޭފުޅެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް އިންތިޚާބު ވެފައިވާ ޑރ. މުއިއްޒު ގެންދަވަނީ ދައުލަތުގެ އިސްވެރިންނާއި، ރާއްޖޭގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި އަދި ސިޔާސީ އިސްވެރިންނާއި ބައްދަލު ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ޞާއިލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއިވެސް ޑރ. މުއިއްޒު ވަނީ ބައްދަލު ކުރައްވާފައެވެ.

ޑރ. މުއިއްޒު ވެރިކަމަށް އިންތިޚާބުވި ފަހުން ހުވާ ކުރެއްވުމުގެ ކުރިންވެސް ހަމަޖެހުން ގާއިމް ކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދެނީ ޤައުމީ މަސްލަހަތު އިސްކޮށް ޤައުމުގެ ހަމަޖެހުމަށް ހުރިހާ ސިޔާސީ ވެރިންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. އެމަގަށް މަސައްކަތް ކުރުމުގެ ޤާބިލްކަން އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ކިބާގައި ހުންނާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޤައުމުގެ ރައްޔިތުން އެދެނީ ޤައުމީ މައްސަލަތައް ހައްލު ކުރުމުގައި ހުރިހާ ސިޔާސީ ވެރިން ސުލްހަވެރި ކަމާއިއެކު މަސައްކަތް ކުރުމަށް. ޑރ. މުއިއްޒަކީ ސުލްހަވެރި މާހައުލެއް ޤާއިމް ކުރެއްވުމުގެ ޤާބިލްކަން ހުރި ބޭފުޅެއް.

– ޑރ. ޝަހީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ބޭއްވި ބައްދަލުވުމުގައި ޑރ. މުޢިއްޒު ވަނީ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް މަޖިލީހުން ދެއްވަންޖެހޭ އެއްބާރުލުންން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މަޖިލީހުގެ ރައީސް، ނަޝީދު ވަނީ މަޖިލީހުން ދޭންޖެހޭ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ޑރ. މުޢިއްޒަށް އަރުވާފައެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޑރ. މުޢިއްޒު އިންތިޚާބުވުމާއިއެކު، ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވެސް، ޑރ. މުޢިއްޒު ވަނީ ޓްރާންސިޝަނަލް ޕީރިއެޑުގައި ދެއްވަން ޖެހޭ އެއްބާރުލުމެއް ދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.