ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ، ފޮޓޯ: މަޖިލިސް

ފުރިހަމަ އަށް މައުލޫމާތު ދީފައި ނޫނީ ނިޒާމީ ވޯޓަކަށް ދާން ނުވާނެ: އީވާ

ފުރިހަމަ އަށް މައުލޫމާތު ދީފައި ނޫނީ ނިޒާމީ ވޯޓަކަށް ދާން ނުވާނެ: އީވާ

ގުޅުންހުރި

ރައްޔިތުންނަށް ފުރިހަމަ އަށް މައުލޫމާތު ފޯރުކޮށްދީފައި މެނުވީ ރާއްޖޭގައި އޮންނަ ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ވޯޓަކަށް އަހައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އޮތީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް މަޖިލިހުން ފާސް ކުރި ގަރާރާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވާފައިވާ ސިޓީއާ ގުޅޭ ގޮތުން ބަހުސް ކުރުމެވެ. އީވާ ވިދާޅުވީ އެ ވޯޓު ނަގަން ދެ ހަފްތާއެއްހާ ދުވަހަށްވެފައިވާ އިރު، އެއީ ވޯޓެއް ނެގުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ރައްޔިތުންނަށް އެންމެ ފުރިހަމަ އަށް ނިޒާމާ ބެހޭ ގޮތުން، ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްފައި މެނުވީ އަޅުގަނޑުމެން ނުވާނެ ހެން އަޅުގަނޑަށް ހީވަނީ ވޯޓަށް އަހާކަށް،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބެއް ނިމިގެން އަދި މިވީ ދެ ތިން ދުވަހެވެ. ނިޒާމާ ބެހޭ ގޮތުން މަޝްވަރާ ކުރުމާއި ނިޒާމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށް ދިނުމުގެ އެއްވެސް މަސައްކަތެއް މީޑިއާ އާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް އަދި ސިޔާސީ ޕާޓީއަކަށް ވެސް ކުރެއްވިފައި ނުވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވި ހެން، ކުރަންވީ ކަމަކީ ރައްޔިތުންނާ ހިސާބަށް މި މައުލޫމާތު ފޯރުކޮށް ދިނުން ކަމަށް އީވާ ވިދާޅުވިއެވެ. އަދި މިކަމުގައި ސިޔާސީ ޕާޓީތަކުން ވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.

ނިޒާމު ބަދަލުކުރުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރީ މިދިަ މަހުގެ 20 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *