ދިވެހި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށާއި، ރާއްޖޭގައި ތިބި ބޭރުގެ އެއްވެސް ސިފައިންގެ މީހަކަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކޮށް ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް މިރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވި ދިވެހި ރައްޔިތުންގެ ސާފު އައުލަބިއްޔަތުން ނިންމާފައިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރައްޔިތުން އެދޭ ގޮތް ނޫންކަމަށެވެ.
ރާއްޖޭގައި ތިބި ބޭރުގެ އެއްވެސް ސިފައިންގެ މީހަކަށް ރާއްޖޭގައި ނުތިބޭނެކަން އެޤައުމުތަކުގެ ސަފީރުންނަށް ދަންނަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އިންޑިއާގެ ސަފީރާއި ބައްދަލު ކުރައްވާނެ ކަމަށާއި، ބައްދަލު ކުރައްވައި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް އެދޭނެކަމަށެވެ. އަދި މިކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބޭރުގެ ސިފައިން ހަމަ ތަކުގެ ތެރެއިނން ރާއްޖެއިނން ފޮނުވާލާނަން. އެކަން ހާސިލް ކުރާނަން. ރައްޔިތުން މިއޮތީ އެމީހުން މިތާ ބައިތިއްބަން ބޭނުން ނުވާކަމަށް ނިންމާފަ. އަޅު ގަނޑުމެންގެ ވިންދާ ދެކޮޅަށް މިތާކު ބޭރުގެ ސިފައިންނަކަށް ނުތިބޭނެ.
– ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޤައުމުގެ މިނިވަންކަމުގެ ތެރެއިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަން ކޮށްފައިވަނީ ވަކި އެންމެ ގައުމަކަށް އެކަނި ބަރޯސާވެފައިވާ ގޮތަށް ކަމަށެވެ. ދަރަނި އިންތިހާއަށް އޮތް މަތީވެފައި ކަމަށާއި، ދަރަނި އެންމެ ޤައުމަކަށް މިހާ ބޮޑަށް އޮތް އޮތުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ދަރަނީގެ ދެބައިކޮށްފަ އެއްބައި އޮތީ ދަރަނި އޮތީ އެންމެ ޤައުމަކަށް. މިކަން އަޅުގަނޑު އިންދިޔާ ސަފީރާއި ބައްދަލުކޮށް މިކަމަށް ބަދަަލު ގެންނަން އެދޭނަން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ ޚަރިޖީ ސިޔާސަތު ބައްޓަން ވަނީ ޕްރޯ މޯލްޑިވްސް ސިޔާތަކަށް ކަމަށެވެ. ރާއްޖޭގެ ޚާރިޖީ ސިސާތަށް އިހުތިރާމް ކުރާ ކޮންމެ ޤައުމަކާއިއެކު ގާތް ގުޅުން ބާއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިނިވަންކަން ޔަގީންކޮށް ދިނުމުގެ ވައުދު ފުއްދުމަށް ފުރަތަމަ ދުވަހު އެމަސައްކަތް ފަށާނަން. ޤައުމުގެ މަސްލަހަތު އިސްލކުރާނަން. ޕްރޯ މޯލްޑިވްސް ސިޔާސަތު. ޕްރޯ މޯލްޑިވްސް ސިޔާސަތަށް ތާއީދުކުރާ ކޮންމެ ޤައުމަކާއި ގާތް ރަހުމަތްތެރި ގުޅުން އޮންނާނެ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންދެއްވާފައެވެ.
ކޮމެންޓު ފޮނުވާ