އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ރައީސް ނަޝީދު މަރުޚަބާ ދަންނަވައިފި!

އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ރައީސް ނަޝީދު މަރުޚަބާ ދަންނަވައިފި!

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2023 09:22
0

ރާއްޖޭގެ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މުއިއްޒަށް މަރުހަބާ ދެންނެވި ފުރަތަމަ ރައީސެވެ. ރައީސް ނަޝީދު ވަނީ މިއަދު ހޯއްދެވި ބޮޑު ކާމިޔާބީއަށް ޑރ. މުއިއްޒަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިއަދު ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ދައްކާގޮތުން އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

https://x.com/MohamedNasheed/status/1708153997348229157?s=20

މިހާރުގެ ނަތީޖާ ދައްކާގޮތުން ޑރ. މުއިއްޒަށް 101،773 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،487 ވޯޓެވެ.

ވޯޓުގެ ނަތީޖާ އައި ގޮތަށް ބަލާ ޑޮމޮކްރެޓްސްގެ މެންބަރުން ތިއްބަވާ ގްރޫޕަކަށް މިރޭ 8:06 ގައި ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވީ، "އެމްޑީޕީ މީހުންނާއި ދިމާ ނުކުރުމަށް ވަރަށް އެދެން" މިހެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.