ބްރިޖް އެޅުން ފަދަ ބޮޑެތި މެގަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނީ އެފަދަ ކަންކަން ކުރުމުގެ ގާބިލްކަމާއި ތަޖުރިބާއާއި ތައުލީމް ހުރި މީހަކަށްކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައިމިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެޅުއްވި މާލެ-ހުޅުލެ ބްރިޖަށްވުރެ އަވަހަށް ތިލަމާލެ ބްރިޖު ނިމޭނެކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެފައިވަނިކޮށެވެ.
އުޝާމް ވިދާޅުވީ، ވެރިކަމުގެ ދައުރު ހަމަވާން ބާކީ ދޮޅުމަހެއްހާ ދުވަސްކަމަށާއި، ތިލަމާލެ ބްރިޖް އަދި ފެނުން މައްޗަށް ނާރާކަމަށެވެ. ބްރިޖް އެޅުން ފަދަ ބޮޑެތި މެގަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނީ އެފަދަ ކަންކަން ކުރުމުގެ ގާބިލްކަމާއި ތަޖުރިބާއާއި ތައުލީމް ހުރި މީހަކަށްކަމަށާއި، އެމީހަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް މިހެން ވިދާޅުވެފައިވާއިރު، މަހްލޫފް ވިދާޅުވީ، ތިލަމާލެ ބުރިޖުގެ ތަނބެއް ނުފެނިގެންކަމަށްބުނެ ހަޖޫޖަހާއިރު، ހަގީގަތަކީ ބުރިޖުގެ މުހިއްމު އަދި ބައިވަރު އެތައް މަސައްކަތެއް މިއަދުވެސް ކުރިއަށްދާކަންކަމަށެވެ. ގުޅިފަޅުގައި ކުރިއަށްދާ މަޝްރޫޢުގެ މަސައްކަތުގެ ފޮޓޯތަކާއެކު ކުރެއްވި ޓްވީޓްގައި މަހްލޫފް ވިދާޅުވީ، ތަނބުތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ ބުރިޖު ރާވާލެވޭ ވަރަށް ތައްޔާރަށް ކަމަށް ބެލެވޭކަމަށެވެ.
– މަހްލޫފް ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ.
އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.
މި ބްރިޖު މަޝްރޫޢުއާއި ގުޅޭގޮތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ބްރިޖު އެޅި ސަރުކާރަކާއި، އަޅަން އުޅެ ނޭޅުނު ސަރުކާރެއް ރައްޔިތުންނަށް ފެނިފައިވާކަމަށެވެ.
މި މަޝްރޫއު ވެސް ހަމަ މަގަށް އަޅުވައިގެން ކުރިއަށް ގެންދަވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން. އެ މަޝްރޫއުން އުފާ ފާގަތިކަން ގެނެސްދީ އެ ބްރިޖު ވެސް ނިންމަދޭނީ އަޅުގަނޑުމެން،
– މުއިއްޒު ވިދާޅުވެފައިވެއެވެ.
One Response
ތިޔެއެގޭނީ ހޮވުނީމައަ މުޔަތުރެ ކަންތައްބޮޑުވާނެހެން ހީވަނީ މިހާރުއް ނުވާވަރައް ވައުދުވެ