ސޮނާކްޝީ ރާއްޖޭގައި

ސޮނާކްޝީ ރާއްޖޭގައި

Author
ފާތިމަތު ނާވީ
26 ސެޕްޓެމްބަރ 2023 02:23
0

ވަރަށް ގިނައިން ރާއްޖެ އަންނަ ބަލަތާއެއްގެ ގޮތުގައި މަޝްހޫރު ސޮނާކްޝީ ސިންހާ އަނެއްކައިވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ސޮނާކްޝީ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ޕަޓީނާ މޯލްޑިވްސް ރިސޯޓުގަ އެވެ. ޗުއްޓީއަށް އޭނާ ރާއްޖެ އައީ މީގެ ދެދުވަހެއް ކުރިން ކަމަށް ވެއެވެ. އެ ރިސޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޮނާކްޝީ އަންނަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.

 

View this post on Instagram

 

A post shared by IWMBuzz (@iwmbuzz)

އޭނާ އަންނަނީ ޕަޓީނާ މޯލްޑިވްސް ރިސޯޓް ގައި ނަގައިފައިވާ ގިނަ ފޮޓޯތަކެއް ހިއްސާ ކުރަމުންނެވެ. އެގޮތުން ޕޫލް އާއި ބީޗް އަދި ރިސޯޓް ގެ އެކި ތަންތަނުގައި ނަގައިފައިވާ ފޮޓޯ ތަށް ވަނީ ހިއްސާ ކޮށްފައިއެވެ.

ސޮނާކްޝީ މިހާރު މަސައްކަތް ކުރަމުން އަންނަނީ "ކަކުޑާ" ކިޔާ ހޮރޯ ކޮމެޑީ ފިލްމެއްގަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިއައީ މިދިއަ އަހަރު ރިލީޒް ކުރި "ޑަބަލް އެކްސްއެލް" އިން ހުމާ ގުރައިޝީއާއި އެކުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.