ކުޅުދުއްފުށި ސިޓީގެ ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމް/ޕީއެންސީީގެ ރިިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.
މިރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ޒުވާނުންގެ ފޯމުތަކާއި ހަވާލުވީ ޑރ. މުއިއްޒުއާއި، ޕީޕީއެމް/ޕީއެންސީ ހިންގުމާއި ހަވާލުވެ ހުންނެވީ އަބްދުއްރަހީމެވެ. މިރޭ ކުޅުދުއްފުށިން ވަނީ 25 ޒުވާނަކު ޕީޕީއެމް އާއި ގުޅިފައެވެ. މިޒުވާނުން ޕީޕީއެމްއާއި ގުޅިވަނީ މުއިއްޒުގެ ކެމްޕޭން ހަރަކާތްތަކަށް ރަސްމީކޮށް ނިކުމެފައެވެ.
މުއިއްޒު ވިދާޅުވީ ގިނަ އަދަދެއްގެ ޒުވާނުން ޤައުމުގެ ހާލަތު ބަދަލު ކުރުމަށް ތާއީދުކުރަމުންދާކީ ލިބޭ ބޮޑު އުފަލެއްކަމަށެވެ. އަދި ރާއްޖެ މިވަގުތު އޮތް ހާލަތުން ހާލަތު ބަދަލު ކުރުމަށް ކުޅުއްދުފުށީގެ ޒުވާނުން ދައްކަވަމުންދާ ނަމޫނާއަކީ ޤައުމީ ބަތަލް ޝަހީދު ހުސެއިން އާދަމްގެ ހައްގުގައި ދައްކަވަމުންދާ ނަމޫނާއެއްކަމަށް ގަބޫލު ކުރައްވާކަމަށެވެ.
އަދި ޒުވާނުންނަށް މިސަރުކާރުން އިންތިހާއަށް އިހާނެތިވެ ބާކީ ކޮށްފައިވާކަމަށާއި، ޒުވާނުން ބޭނުންވާ އުފާވެރި ދުވަސްތަކެއް ހޯދައި ދެއްވާނެކަމުގެ ޔަގީންކަން މުއިއްޒުވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ