ވަޒީފާގެ ބިރު ކަނޑާލައި އިންނަމާދޫ ބައެއް ބޭފުޅުން މުއިއްޒުއަށް ތާއީދުކޮށް، ޕީޕީއެމްއަށް!

ވަޒީފާގެ ބިރު ކަނޑާލައި އިންނަމާދޫ ބައެއް ބޭފުޅުން މުއިއްޒުއަށް ތާއީދުކޮށް، ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
21 ސެޕްޓެމްބަރ 2023 02:44
0

ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ރ. އިންނަމާދޫ ބައެއް ބޭފުޅުން ޑރ. މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި އިންނަމާދޫއަށް ވަޑައިގެން އެރަށުން ވަނީ ޑރ. މުއިއްޒަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އިންނަމާދޫގައި އޮތް މިޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނެއެވެ.

އިންނަމާދޫއިން ގުޅުނު މީހުންނަށް މަރުޚަބާ ދަންނަވާ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ މިއީ އިންނަމާދޫ ރައްޔިތުންގެ ކުރިމަގަށް ނިންމާ މުހިންމު ނިންމުމެއް ކަމަށެވެ. މިއަދު ސަރުކާރަށް ބިރަށް ވަޒީފާއިން ވަކިކޮށްފާނެ ކަމަށް ނުބަލައި މުއިއްޒުއަށް ތާއީދު ކުރި ކުުރުމަކީ ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށް ފަލާހު ވިދާޅުވިއެވެ.

އަދި މިސަރުކާރުން ވަޒީފާގެ ބިރު ދައްކައި، ނުފޫޒު ފޯރުވި ނަމަވެސް ރައްޔިތުން މިއަދު ތިބީ ވަރަށް ސާބިތު ކަމާއިއެކު ކެރިގެން މިވެރިކަން ބަދަލު ކުރުމަށް ކަމުގައި ފަލާހު ވިދާޅުވިއެވެ.

އިންނަމާދޫއިން ގުޅުނު ފަރާތްތަކަށް މުއިއްޒު ވަނީ ވަޒީފާގެ ޔަގީންކަން ދެއްވައި، ވަރަށް ބޮޑަށް މަރުޚަބާ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.