ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 8 ދުވަހަށް ވެފައި އޮއްވާ، ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެވޭތޯ ޕީއެސްއެމްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާގެ އެޗްއާރު ހެޑް އެކުންފުނީގެ މުވައްޒިފުންނަށް ފޮނުވި މެއިލްގައި ބުނެފައިވަނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރައްވާ ނެރުއްވާފައިވާ ކުންފުނީގެ މުއައްޒަފުންގެ މުސާރައިގެ އޮނިގަނޑު ރިވިއު ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ވިދާޅުވެފައިކަމަށެވެ. ބޯޑުން ނިންމި ނިންމުމާއި އެއްގޮތަށް ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި އެ ބަދަލުތަކާއެކު މެނޭޖްމަންޓަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި މެނޭޖްމަންޓުން މިކަމަށް އިތުރަށް ބޭނުންވާ ފައިސާގެ ކަންތައް ހަމަޖައްސަވައި ދެއްވުމުން މުސާރައިގެ އޮނިގަނޑު އެންޑޯޒް ކުރުމަށް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެކަމަށް މުވައްޒިފުންނަސް ފޮނުވި މެސެޖުގައި ވަނީ ބުނެފައެވެ.
ދައުލަތުގެ މީޑިއާގެ މުވައްޒިފުންގެ މުސާރައިގެ އޮނިގަނޑަށް ކުއްލިއަކަށް ގެނައި ބަދަލާއިއެކު މުވައްޒިފުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެއެވެ. ނަމަވެސް ތަނުގެ މުވައްޒިފުންނާއި މެނޭޖްމަނާއިއެކު ބޭއްވުނު ބައްދަލުވުމުގައި ކުންފުނީގެ މުވައްޒިފުންނާއި ގުޅުން ކުޑަ ޢަލީ ޚާލިދު ވަނީ އެބަދަލު ދިފާއުކޮށް މުވައްޒިފުންގެ ވާހަކަތަކަށް ރައްދު ދީފައެވެ. ނަމަވެސް އެންމެ ފަހުން އަލީ ހާލިދު ދިފާއުކުރި ބަދަލުތައް ދެ ހަފްތާ ނުވަނީސް ބަދަލު ގެނައުމަށް މިވަނީ ނިންމާފައެވެ.
ދައުލަތުގެ މީޑިއާގެ ހިންގުން އިންތިހާއަށް ދޯދިޔާ ވެފައިވާއިރު، އެކުންފުނީގެ މުހިންމު ގިނަ މުވައްޒިފުން ތަކެއް ކުންފުނީގެ ހިންގުން ދޯދިޔާވެ ވަނީ ވަޒީފާއިން ވަކިވެގެން ގޮސްފައެވެ. މި ވެރިކަމުގައި ޕީއެމްއެމްގެ ވަޒީފާތަކުން ވަކިވި މުވައްޒިފުންގެ އަދަދު 100 އިން މައްޗަށް އަރައެވެ.
ކޮމެންޓު ފޮނުވާ