ހަސަން؛ ދޮންބިލޭއަށް: ޑިމޮކްރެޓުންނަކީ ތިޔަހެން ފަޅަކަށް ނަފްސު ވިއްކާލާ ބައެއްނޫން

ހަސަން؛ ދޮންބިލޭއަށް: ޑިމޮކްރެޓުންނަކީ ތިޔަހެން ފަޅަކަށް ނަފްސު ވިއްކާލާ ބައެއްނޫން

Author
މުޙައްމަދު ޝަޒައިމް
21 ސެޕްޓެމްބަރ 2023 08:19
0

ޑިމޮކްރެޓުންނަކީ ފަޅަކަށް ނަފްސު ވިއްކާލެނެ ބައެއް ނޫންކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޑިމޮކްރެޓްސްގެ އިންޓަރިމް ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވީ ރަށްރަށުގައި ތިބި ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ވެސް އެނބުރި އެމްޑީޕީއަށް ބަދަލުވާން ފަށައިފި ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެދަދު އެތައް ގުނައަކުން އިތުވެގެންދާނެ ކަމަށް ބުނެ ދެއްކެވި ވާހަކަތަކައި ގުޅިގެންނެވެ.

ދޮންބިލޭއަކީ ރައީސް ނަޝީދާއި ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި، އަދި މަޖިލީހުގައި މިސަރުކާރާރަށް ފާޑުވެސް ވިދާޅުވި ބޭފުޅެކެވެ. އަދި އަނބިކަނބަލުންނަކީ ޑިމޮކްރެޓްސް އުފެއްދުމަށް ކުރި މަސައްކަތުގައިވެސް އުޅުއްވި ބޭފުޅެކެވެ. ހަސަން ވިދާޅުވީ ޑިމޮކްރެޓްސްގެ މެމްބަރުންކީ ދޮންބިލޭ ފަދައިން ފަޅަކަށް ނަފްސު ވިއްކާލާނެ ބައެއް ނޫންކަމަށެވެ. އަދި މިހާރު ޑިމޮކްރެޓްސް އިން އެމްޑީޕީއާއި ދުރަށް ޖެހިލައިގެން އުޅެނީ ސީދާ ރައީސް ޞާލިހުގެ ސަބަބުން ކަމަށެވެ.

ޑިމޮކްރެޓްސްގެ މެމްބަރުންނަކީ ތިޔަހެން ފަޅަކަށް ނަފްސު ވިއްކާލާ ބައެއް ނަމަ މިޕާޓީ ނުއުފެއްދުނީސްކަން އަހުމަދަށް އޮޅިވަޑައި ގަތުމަކީ އަޅުގަނޑު ހައިރާންވާނެ ކަމެއްނޫން! ޑިމޮކްރެޓުން އެމްޑީޕީއާއި ދުރަށް ދިޔައީ ރައީސް ޔާމީންގެ ސަބަބަކުން ނޫން. ރައީސް ޞާލިހުގެ ސަބަބުން.

– ހަސަން ވިދާޅުވިއެވެ.

ދޮންބިލެތް ވިދާޅުވީ ޕީޕީއެމްގެ މަކަރާއި ހީލަތުގައި އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެންބަރުން ނުޖެހޭނެ ކަމަށާއި މިއަދު އެންމެން އެއް ރޫހެއްގައި މި ނިކުންނަނީ އަމާން އަދި އުފާވެރި ރާއްޖެއަކަށް ދިއުމަށް ކަމަށެވެ. ޑިމޮކްރެޓްސްގެ މެމްބަރުން ދެވަނަ ބުރުގައި ރައީސް ޞާލިހަށް ތާއީދު ކުރާނެކަމަށް ބުނެ ދައްކަމުންދާ ވާހަތަކަށް ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ގެންދަނީ ރައްދު ދެއްވަމުންވެ. ޑިމޮކްރެޓްސްގެ އިސްބޭފުޅުން ދަނީ ވަރަށް ފާޅުގައި ރައީސް ޞާލިހަށް ތާއީދު ނުކުރާނެކަމަށް ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަލީމާ ފރ
ތިޔަ ބިލެތަކީ އެންމެނަށް ލަނޑު ދެމުން އަމިއްލަ ފައިދާ އަށް އުޅޭ މީހެއް.. މުޅިންވެސް ކައްވަމުން ކަޓުނަގަމުން އުޅޭނީ އެއިރެއްގެ ބާރުވެރިން ފަހަތުގަ ކުރީގަ ޔާމީން - މިފަހުންވެސް 2 ފަހަރު އަންނި ނަސީދު ކާރިއަށް. ދެން ހަދާނީ ފޮނުވާނީ އަންހެނުން އެއްކޮޅަށް ކޮއްކޯ އަނެއްކޮޅަށް. މޮޅު ލާރި ގިނަކޮޅު ދެން ނަގާނީ . އަދި އިބޫ އަށްވެސް ފިލާނެ ދެން ސަޅިފޮނި ދޮގު ހަދަމުން މީހުންގެ ބޯކަމުން ދުވާނީ. 3އޭ ހަމޒާ ގެ މެނބަރުކަން ވެސް ފޭރުނީ އެކައުންޓ ތައް ޗެކްކޮއްލުން ރަގަޅު.، މިހާރުވެސް 3ރަށް 2ފަޅު